މުސްލިމުން ލަސްކޮށްގެން ނުވާނެ 3 ކަމެއް ޙަދީޘްފުޅުން އެނގެން އޮތްއިރު އެއްކަމަކީ ތަޤްވާވެރި ފިރިހެނަކު އެދިއްޖެނަމަ ކައިވެންޏަށް ރުހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މުސްލިމުން ލަސްކޮށްގެން ނުވާނެ 3 ކަމެއް ޙަދީޘްފުޅުން އެނގެން އޮތްއިރު އެއްކަމަކީ ތަޤްވާވެރި ފިރިހެނަކު އެދިއްޖެނަމަ ކައިވެންޏަށް ރުހުން!

ކަމެއްކުރުން ލަސްކޮށްގެން ނުވާނެ ކަމަށް ޙަދިޘްފުޅުގައި އޮތުމުން އެކަން އަވަސްކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. އެކަމުގެ ވަގުތު ޖެހުމުން މުސްލިމުން ލަސްކޮށްގެން ނުވާނެ 3 ކަމެއް ރަސޫލް (ﷺ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ:

1 ވަގުތު ޖެހުމުން ނަމާދުކުރުމާއި

2 މީހަކު މަރުވުމުން ވަޅުލުމާއި

3 އަންހެނަކާއި ކައިވެނިކުރަން (އިސްލާމް ދީނުގައި އޮތް ފަދަ) ފިރިހެނަކު އެދުމުން އޭނާގެ ކައިވެންޏެވެ.

މިކަންކަމަކީ އެއިގެ އަމިއްލަ ޒާތަށް ބަލައިފިނަމަ ވަރަށް ކުދިކުދި ވަރަށް އާދައިގެ ކަންކަން ކަމުގައި ބައެއް މީހުން ދެކެއެވެ. ބައެއް މީހުންނަށް ކަންކަން އާދައިގެ ކަންކަމަށްވަނީ ގިނަގިނައިން ކުރިމަތިވުމުންނެވެ. އެގޮތުން ބަލައިފިނަމަ ނަމާދަކީ ކޮންމެ ދުވަހަކު 5 ފަހަރު ބައްދަލުވާ އެއްޗެކެވެ. ކޮންމެ ދުވަހަކު ވެސް މީހުން މަރުވީމާ ވަޅުލައެވެ. ވަރިކައިވެނީގެ ކަންކަން ވެސް ކޮންމެ ދުވަހަކު ހިނގައެވެ. ވީމާ އެމީހުން ދެކޭ ގޮތުގައި މިއީ މާ މުހިންމު ބަސްފުޅުތަކެއް ނޫނެވެ.

ނަމަވެސް ޙަޤީޤަތަކީ އެއިގެ ދިމާ އިދިކޮޅެވެ. މި 3 ކަންތަކަކީވެސް ހަމަ ކޮންމެ މީހަކުވެސް އެންމެ އިސްކަން ދޭން ޖެހޭނެ ކަންކަމެވެ. އެގޮތުން ބަލާއިރު ފުރަތަމަ އެއޮތީ ފަރުޟު ނަމާދުގެ ވާހަކައެވެ. ވަގުތު ޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމުގެ ފައިދާ އެއީ އެންމެން ޙާޞިލުކުރަން އެންމެ މުހިންމު ކަންތަކެވެ.

ދެން އެއޮތީ މީހުންގެ ޖަނާޒާގެ ވާހަކައެވެ. އަހަރެމެންގެ ދީނުގައި އޮތީ މީހަކު މަރުވެއްޖެ ނަމަ އަވަހަށް ވަޅުލުމެވެ. މަޖުބޫރީ ޙާލަތެއްގައި ދިމާވެގެން ނޫނީ ލަސްކުރުމެއް ނެތެވެ. އެކަމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ. މީހަކު މަރުވުމުން ކުރާ ކަށުނަމާދުގައި ބައިވެރިވެއްޖެ ނަމަ އުހުދު ފަރުބަދަ ހައި ގިނަ ސަވާބު އެބަ ދެއްވަވަތެވެ. އަދި އޭނާގެ ޖަނާޒާގައި ބައިވެރިވެއްޖެ އަނެއްކާވެސް އުހުދު ފަރުބަދަ ހައި ގިނަ ސަވާބު އެބަ ދެއްވަވަތެވެ. ޖުމުލަކޮށް ބަލައިފިނަމަ އުހުދު ފަރުބަދައިގެ 2 ފަރުބަދަހައި މިންވަރަށް އެމީހަކަށް ސަވާބު ދެއްވަވަތެވެ.

3 ވަނައަށް ބަޔާން ކުރައްވާފައި އެވަނީ ހެޔޮލަފާ ތަޤްވާވެރި، އަދި އަންތބަކު ގޮވައިގެން ދިރިއުޅުމުގެ ޢަޒުމުގައި ހުރި އަދި އަންހެން މިހާ ވެސް ރުހި ޤަބޫލުވާ ފިރިހެނަކު ގޮސް ކައިވެންޏަށް އެދިއްޖެ ނަމަ އެކަން ކޮށްދިނުން ލަސް ނުކުރުމުގެ ވާހަކައެވެ. މިޒަމާނަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު މަގުފުރެދި ނަރަކައަށް ވަންނަމުން ދާ އެއް ސަބަބަކީ ކައިވެނި ލަސްކުރުމެވެ. އެންމެ ގިނަ ކައިވެނިތައް ދަރިން ނިކަމެތިވެ އަނބިން އެކަނިވެރިވަމުން އެދަނީވެސް ކައިވެނި ލަސްކުރުމުގެ އިތުރުން ކައިވެނީގެ އެންމެ މުހިންމު ޝަރުތުތަކަށް ނުބަލައި ކައިވެނިކުރާތީއެވެ. އެހެންކަމުން އަދިވެސް އެއް ފަހަރު މި ޝަރުޠުތައް ތަކުރާރުކޮށްލާނަމެވެ. "ހެޔޮލަފާ، ތަޤްވާވެރި، އަދި އަންތބަކު ގޮވައިގެން ދިރިއުޅުމުގެ ޢަޒުމުގައި ހުރި އަދި އަންހެން މިހާ ވެސް ރުހި ޤަބޫލުވާ" މީހަކު ކަމުގައި ވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން