މަރުމަތީގަ ޝަހާދަތް ކިޔުމުގެ ނަޞީބު ލިބިއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މަރުމަތީގަ ޝަހާދަތް ކިޔުމުގެ ނަޞީބު ލިބިއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ!: ޙަދީޘް

މަރުމަތީގައި ޝަހާދަތް ކިޔުމަކީ ހެޔޮލަފާ މަރެއްގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

مَنْ كَانَ آخِرُ كَلامِهِ لا إِلَهَ إِلا اللَّهُ دَخَلَ الْجَنَّةَ ) .رواه أبو داود ( 3116 ) وحسَّنه الألباني في " إرواء الغليل " ( 3 / 149 ) . މާނައީ: "އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ."

الشيخ محمد شافع

ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މަރުމަތީގައި ޝަހާދަތް ކިޔުމުގެ ނަޞީބު ލިބޭނީ ދުނިޔޭގައި އުޅުނުއިރު ޝަހާދަތަށް ލޯބިކޮށް ޢަމަލުކުރި މީހަކަށެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އޮތީ ހެޔޮލަފާ މީހެއްގެ ގޮތުގައި މަރުގެންދެވުން އެދި އާއި އާޚިރަތް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

 

މިއަދު އޮންލައިން