ހެނދުނާއި ހަވީރު އާޔަތުލްކުރުސި ކިޔާ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިންޝާ ﷲ
ޙަދީޘްފުޅުގައި އޮތީ ކޮންމެ ފަރްޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާއާއި ސުވަރުގެއާއި ދެމެދުގައި އޮތް ހުރަހަކީ އޭނާ މަރުވުން ކަމަށެވެ.
ނިދުމުގެ ކުރިން އާޔަތުލްކުރްސި ކިޔަވައިފިނަމަ އެމީހަކު ނިދީންހޭލެވެންދެން އެމީހާ ހިމާޔަތްކުރާނެ މަލާއިކަތަކު ބާރެއް ﷲ ތަޢާލާ ލައްވަވާނެކަމަށާއި އެކަމުގެ ސަބަބުން ނިދާފައި އޮންނައިރު ޝައިޠޯނާއަށް އެމީހަކާއި ކައިރިވެސް ނުވެވޭނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ.
ވީމާ މި 3 މަޤާމުގައި އާޔަތުލްކުރުސި ކިޔަވަން އާދަކުރާށެވެ!