"ޝައިޚް ދީދާތު އަވަހާރަވެވަޑައިގަތުމުގެ ތަންމަތީގައި އޮންނަވަނިކޮށް ދީދާތުގެ އަރިހަށް ވަޑައިގެންނެވުނު. އެންމެ ފަހުގެ ނަޞޭޙަތަކަށް ވެސް ވިދާޅުވީ އިދިކޮޅު މީހުން ކިތަންމެވަރަކަށް އެއްޗެތި ކިއައި ހެދި ނަމަވެސް ރުޅި ނައުމަށް. ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށާއި ކާމިޔާބު ލިބޭނެ ކަމަށްވެސް ވިދާޅުވި. އަދި ތިމަންނާ އަދިވެސް މިހަފަހައްޓަނީ އެ ނަޞޭޙަތުގައި ކަމަށް ވެސް މުފްތީ މެންކު ވިދާޅުވި."
މިއީ މުފްތީ މެންކް ދުރުބައެއްގެ ގާތުގަ ވިދާޅުވި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ގާތުގައި ވިދާޅުވި ވާހަކަފުޅެކެވެ. މިއަދުނޫހާއި ރާއްޖޭގެ ޢިލްމުވެރިއަކު މިބަސްފުޅު ޙިއްޞާކުރެއްވުމުން އެއިރުވެސް ވާނީ މިބަސްފުޅުގެ ޚަބަރު ގެނެސްދެވިފައެވެ.

ދެން މިގެނެސްދެނީ އެބައްދަލކުވުމުގައި މުފްތީ މެންކް ވިދާޅުވި އިތުރު ބައެއް ބަސްފުޅުތަކެވެ.
ޢިލްމުވެރިންނަށް ހުރަސްތައް ކުރިމަތިވާނެ އެވެ. އެކަންކަމަށް އަބަދުވެސް ސާބިތުކަމާއިއެކު ކެތްތެރިވާންޖެހޭނެއެވެ.
ކެތްރިވެ ޢާންމުންނަށް ރިވެތި ނަމޫނާ ދައްކާށެވެ! ހަރުކަށި ނުވާށެވެ! މަޑުމަތިރިކަމާއި އޯގާތެރިކަމާއިއެކު ދީނީ ނަޞޭޙަތް ދިނުމަށް އިލްތިމާސް ކުރަމެވެ! އަދި ރަސޫލް (ﷺ) ދައްކަވާފައިވާ ނަމޫނާއަކީވެސް އެއީއެވެ.

ޝައިޚް އިމްރާން ވިދާޅުވި ބަސްފުޅަކާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ މެދުގައި ހޫނު ބަސްތަކެއް ބަދަލުކުރެވެމުންދާ މިވަގުތުގައި މި މިއީ ހަނދާން އައުކޮށްލުން މުހިންމު ވާހަކަކޮލެއްކަން ފާހަގަކުރެވެއެވެ.