ރަސޫލާ ޞޢވ އާއިއެކު ސުވަރުގޭގައި ވުމަށް އުންމީދުކުރާ މީހާއަށް ﷲ ދެއްވެވި މި ޚަބަރުން ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރަސޫލާ ޞޢވ އާއިއެކު ސުވަރުގޭގައި ވުމަށް އުންމީދުކުރާ މީހާއަށް ﷲ ދެއްވެވި މި ޚަބަރުން ފުދޭނެ!

ކޮންމެ މުސްލިމަކުވެސް ވަރަށް ބާރަށް ބުނެއެވެ. ތިމާޢަކީވެސް ޞާލިޙް އަޅަކަށްވެ ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައިވުމަށް އެދޭ ކަމަށެވެ. ނަމަވެސް އަކީ ހަމައެކަނި ބާރަށް ބަހެއް ބުނެލައިގެންވާން އޮތް ކަމެއް ނޫނެވެ. ތަފްޞީލަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ!  

ތިމާއަކީ ވެސް މުސްލިމަކު ކަމުގައި ހަމައެކަނި ބުނުމަކުން އެމީހަކީ ޞާލިޙް އަޅަކަށް ނުވެއެވެ. ޞާލިޙް އަޅަކަށް ވެވޭނީ ޞާލިޙް އަޅުން ޢަމަލުކުރި ފަދައިން ޢަމަލުކުރުމުންނެވެ. އެކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. 

"އަދި އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ޞާލިޙް އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ." (އަލް ޢަންކަބޫތު: 9)

އުފާކުރަންވީ ޚަބަރަކީ މިއީއެވެ. އަހަރެމެންނަށް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް () އާއި މިދުނިޔޭގައި ބައްދަލުނުވި ނަމަވެސް އަހަރެމެންގެ ދުލާއި އަތްތަކުން ޞާލިޙް ޢަމަލުތައް ކޮށްފިނަމަ ލިބިގެން މިދަނީ އަހަރެމެންވެސް ހަމަ ރަސޫލް () އަރިއަހުގައި ޞަޙާބީންނާއިއެކު ސުވަރުގޭގައި ލައްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އިތުރަށް ބޭނުންވާނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ 

އިސްލާމް ދީނަކީ ތަޅާފޮޅާމުން ދިއަ އަތްތައް އަނިޔާއިން މީހުން ސަލާމަތްކުރާ އަތްތަކަށް، މީހުންގެ އަތުން ފޭރެމުން ދިއަ އަތްތައް ދީލަތިކަމުން މީހުންނަށް ޞަދަޤާތްކުރާ އަތްތަކަށް، މީހުންނަށް ގެއްލުން ދެމުން ދިއަ އަތްތައް ދުޢާކުރަން އުފުލާ އަތްތަކަށް ބަދަލުކޮށްލި ދީނެވެ. 

މިއަދު މިތިބީ ވެސް ހަމަ އެ އިސްލާމް ދީނުގައި ތިބި މުސްލިމުންނެވެ. އަހަރެމެންގެ ޢަމަލުތައް މިއަދު ހުރީ ހަމަ މިމަގުންހެއްޔެވެ؟ އަހަރެމެންގެ ދުލާއި އަތްތަކުން މިއަދު މިކުރަނީ ހަމަ އެކަންކަން ހެއްޔެވެ؟ ޞަޙާބީން ކުރެއްވެވިފަދައިން ޞާލިޙް ޢަމަލުތައް ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސާއި ކޮށްލަން މުހިންމު ސުވާލުތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން