ތިބާއަށް ކަމެއް ކުރިމަތިވުމުން އެއީ މެދުވެރިވި ވަރަށް ދެރަގޮތެއް ކަމަށްބުނާ މީހުންގެ ގާތުގައި އަހައިލާށެވެ! އެއީ ދެރަގޮތެއްކަމަށް ކަލޭ ގާތުގަ ބުނީ ކާކުހެއްޔެވެ؟ ނޫނީ އެވާހަކަ ކަލޭ ގާތުގައި ބުނީ ކާކުހެއްޔެވެ؟
އަދި ބުނާށެވެ! ހަމަޔަޤީނުންވެސް އަހުރެންނަށް ދެރަގޮތެއް އަހުރެންގެ ވެރި ﷲ މިންވަރު ނުކުރައްވަވާނެތެވެ!
މީހަކަށް ކަމެއް ކުރިމަތިވުމުން އެކަމަށް ކަންބޮޑުވެ ވާހަކަދައްކަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުއެވެ. އެއީ ކުރިމަތިވި ވަރަށް ބޮޑުކަމެއްކަމަށް ބުނެ އޭނާގެ ހިތްވަރު އެލިގެންދާފަދަ ބަސްތައް ނުބުނާށެވެ!
ބުނާށެވެ! "ތިއައީވެސް ﷲ ގެ ރަޙްމަތެވެ! ދާދި އަވަހަށް ތިބާގެ ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ"