ތިމާއަށް ކިތަންމެ ބޮޑަށް ގެއްލުންދިނަސް، ހަސަދަލައިގެން އުޅޭ މީހުންނަށްވެސް މާފުނުކުރާނަމަ ސުވަރުގެ ނުވައްދަވައިފާނެ ކަމުގެ ބިރަކީ މާބޮޑުބިރެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިމާއަށް ކިތަންމެ ބޮޑަށް ގެއްލުންދިނަސް، ހަސަދަލައިގެން އުޅޭ މީހުންނަށްވެސް މާފުނުކުރާނަމަ ސުވަރުގެ ނުވައްދަވައިފާނެ ކަމުގެ ބިރަކީ މާބޮޑުބިރެއް!: މުފްތީ މެންކް

ވަކިވަރެއްގެ ގެއްލުމެއް ނޫނެވެ. ތިމާއަށް ކިތަންމެ ވަރަކަށް ހަސަދަލައި ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއްދީފައި އޮތްނަމަވެސް އެމީހަކަށް މާފުކުރަން އަވަސްވެގަންނާށެވެ! އެހެނީ ވަކި މީހަކަށް ނޫނެވެ. އެއްވެސް މީހަކަށް މާފުނުކޮށް ހުއްޓައި އެމީހަކު މަރުވެއްޖެނަމަ އެމީހާ ސުވަރުގެ ނުވައްދަވައިފާނެކަން އެނގެން އެބައޮތެވެ. އެއީ އެހައިވެސް ބޮޑު ކަމެކެވެ. 

އެންމެންނަށްވެސް އެނގޭނެ ފަދައިން ޝިރުކުކުރާ މީހުން އެމީހަކު މަރުވުމުގެކުރިން ތައުބާ ނުވާ މީހުންގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެ އަދި އެއިގެ އިތުރުންވެސް ސުވަރުގެ ނުވައްދަވާނެ ކަމުގެ ބިރު އޮތް ބައެއް ބާވަތުގެ މީހުން އެބަތިއްބެވެ. އެއިގެ ތެރޭގައި ޖުމުލަ 6 ބާވަތެއްގެ މީހުން ހިމެނެއެވެ.  

ކުރިން މިބުނި ފަދައިން މީސްތަކުންނަށް މާފުނުކުރުމަކީ އެއިގެ ތެރެއިން ހިމެނޭ ކަމެވެ. ތިބާއަށް ގެއްލުންދިނީ ކާކުތޯ؟ ދިނީ ކިހާވަރެއްގެ ގެއްލުމެއްތޯ ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަކީ ކޮބައިތޯ ވިސްނަންވެސް ފުރުޞަތެއް ނެތެވެ. އޮތީ އަވަހަށް އޭނާއަށް މާފުކުރުމެވެ.  

އެކަންކަން ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! އެކަލާނގެ އެކަންކަމަށް ފައިޞަލާ ކުރައްވަވާނެތެވެ. ޢަދުލުވެރިކަމާއިއެކު ބަދަލުދެއްވަވާނެތެވެ. ހަމައެއާއެކު މީސްތަކުންނަށް މާފުކުރާ މީހުންނަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވަތެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ އަޅަކު ނަރަކައަށް ނުވައްދަވާހުއްޓެވެ. އެއިރުން ބޭނުންވާނެ ހުރިހާ ކަންކަން ލިބިނިމުނީއެވެ. އިތުރަށް ބޭނުންވާނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. އިން ޝާ ﷲ  

ވީމާ މިބަޔާންކުރި ކުރުބަސްކޮޅުންވެސް މިކަންކަން އޮތް މަގު ސާފުވެގެންދާނެ ކަމަށް އުންމީދުކުރަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން