ގައިގަ ބާރުހުރި ދުވަހު ނަމާދަށްދާ މީހަކަށްނުވެވުނުނަމަ ފަހުން ހިތާމަކުރަންޖެހުން ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގައިގަ ބާރުހުރި ދުވަހު ނަމާދަށްދާ މީހަކަށްނުވެވުނުނަމަ ފަހުން ހިތާމަކުރަންޖެހުން ކައިރި!

ބާލިޣްވުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭނީ ނަމާދުކުރުމަށެވެ. އެހެނީ ނުކުރެވޭ ކޮންމެ ނަމާދަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ދަރާ ދަރަންޏެކެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުކުރައްވަވާނީ ނަމާދާއިމެދުގައެވެ. ނަމާދުގެ ސުވާލުން ފާސްވެގެން ނޫނީ ސަލާމަމަތްކަމެއް ނެތެވެ. މާނައަކީ ނަމާދު ފިޔަވައި ދެންކުރި ހުރިހާ އަޅުކަމެއްގެ ފައިދާކުރުން އޮތީ ނަމާދުގެ ސުވާލުން ފާސްވެވުމުން ކަމެވެ. 

އެހެންކަމާއިއެކުވެސް ގިނަބައަކު ޒުވާން އުމުރުގައިވެސް އަދި އެއިގެފަހުންވެސް ނަމާދަށް އެބަ އިހްމާލްވެއެވެ. ޢުމުރުން ދުވަސްވުމުން ނަމާދުކުރަން މަޑުކޮށްލައިގެން ހުއްޓާ ދުނިޔެ ދޫކުރަން އެބަޖެހެއެވެ. އަދި ޢުމުރުން ދުވަސްވެ ނަމާދަށް ނުދެވޭ އަދި ނަމާދު ނުކުރެވޭ ޙާލަތަށްވެސް އެބަދެއެވެ. 

މިކަންކަމަށް ހޭލުންތެރިވަމާތޯއެވެ! 

މުސްކުޅި ބޭބެއަކު ކައިރިން އެންމެ ދަތިވަނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ބުންޏެވެ. "ބޭނުންވަނީ މިސްކިތަށް ގެންގޮސް، ގެނެސްދޭނެ މީހެއް. ގައިބާރު ހުރި ދުވަހު އުޅެވުނީ މިސްކިތާ ވަރަށް ދުރުކޮށް. މިހާރު ހިންގާފަ މިސްކިތަށް ދާނެ ބާރެއް ގައަކު ނެތް. ބޭބެ، މިހާރު މިވާ ދެރަ ބުނެދޭންވެސް ނޭނގެ": ޝައިޚް އިބްރާހީމް ރަޝިދު ޙަސަން

މިއަދު އޮންލައިން