ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.
"ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގައި މީސްތަކުންގެ ޢަމަލުތައް الله ގެ ޙަޟްރަތަށް ހުށަހެޅޭނެއެވެ. الله އަށް ޝިރްކުކުރާ މީހަކު ފިޔަވާ ކޮންމެ މީހަކަށް އެދުވަހުގައި ފާފަ ފުއްސަވާދެއްވާނެއެވެ. ނަމަވެސް އެމީހަކާއި އޭނާގެ އަޚާ އާއި ދެމެދު ރުޅިވެރިކަމެއް އޮންނަ މީހާ ފިޔަވައެވެ. ވަޙީ ކުރައްވާނެއެވެ. "އެދެމީހުން ޞުލްޙަވަންދެން ދޫކޮށްލާށެވެ. އެދެމީހުން ޞުލްޙަވަންދެން ދޫކޮށްލާށެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިޙަދީޘްފުޅަކީ ހަމަ ކޮންމެ މުސްލިމަކުހެން ހިތުދަސް ޙަދީޘްފުޅެކެވެ. އެހެންކަމާއިއެކުވެސް އަޚާ އާއިމެދު ހިތުގައި ނަފްރަތާއި ރުޅިވެރިކަން ބާއްވާނަމަ ޙަދީޘްފުޅު ެނގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟