އަޅަކު މިނިވަންކުރުމުގެ ޘަވާބު ދެއްވަވާނެ ކުޑަކުޑަ 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަޅަކު މިނިވަންކުރުމުގެ ޘަވާބު ދެއްވަވާނެ ކުޑަކުޑަ 3 ކަމެއް-

1 ތިބާގެ ޙާލު ހުރިގޮތުން ބަކައްޓެއް ދެވެން ނެތްހާލުގައި އެއިގެ ކިރު ބޭނުންކުރަން މުއްދަތަށް ބަކައްޓެއް ދިނުން. 

2. ދަތިޙާލުގައިވާ މީހަކަށް އެހީތެރިވުމުގެގިގޮތުން ޞަދަޤާތްކުރެވެން ނެތް ޙާލުގައިނަމަވެސް އަނބުރައިދައްކާގޮތަށް މީހަކަށް ވަކިލާރިކޮޅެއް ނަމަވެސް ދިނުން. 

3. (މަގުމަތީގައި މަގު އޮޅިފައިވާ މީހަކަށް ނަމަވެސް) މަގު އޮޅިފައިވާ މީހަކަށް މަގުދައްކައިދީ އެޙާލަތުން އޭނާ ސަލާމަތްކުރުން. (އޭނާ ދަތުރުކުރާނެ ވެހިކަލެއް ނުދެވުނު ނަމަވެސް މަގުދައްކައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ދީނީ ގޮތުން މަގުއޮޅިފައިވާ މީހަކަށް މަގުދައްކައިދިނުމުން ދެއްވަވާނެ ދަރަޖަ ހިތަށް ގެންނާށެވެ.)

އަޅަކު މިނިވަންކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހާމަތިވެރި، އެތައް ބައިވަރު ޘަވާބު ދެއްވާބެ ކަމެއްކަން އަހަރެމެންނަށް އެބަ އެނގެއެވެ. ޙަދިޘްފުޅުގައި އޮތީ މިއިން އަމަލެއް ކޮށްފި މީހަކަށް އަޅަކު މިނިވަންކުރުމުގެ ޘަވާބު ދެއްވަވާނެ ކަމަށެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން