މިސްކިތަށް ދިއުމުގެ ފައިދާތަކުގެ ތެރެއިން: ސުވަރުގެއިން ﷲ ގެ މަތިވެރިވެގެންވާ މެހްމާންދާރީއެއް ލިބުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މިސްކިތަށް ދިއުމުގެ ފައިދާތަކުގެ ތެރެއިން: ސުވަރުގެއިން ﷲ ގެ މަތިވެރިވެގެންވާ މެހްމާންދާރީއެއް ލިބުން-

عَنْ أبي هريرة  عن النَبِيِّ  قَالَ: منْ غدَا إِلَى المَسْجِدِ أَوْ رَاحَ، أعدَّ اللَّهُ لَهُ في الجنَّةِ نُزُلاً كُلَّمَا غَدا أوْ رَاحَمتفقٌ عَلَيهِ. 

ނަބިއްޔާ  ޙަދީޘް ކުރައްވާފައި ވެއެވެ. "ދުވާލުގެ ކުރީކޮޅު އަދި ފަހުކޮޅުގައި (އެބަހީ ފަރުޟު ނަމާދުތަކަށް) މިސްކިތަށްދާ މީހަކަށް، އޭނާ މިސްކިތަށްދާ ކޮންމެ ފަހަރަކަށް ﷲ ތަޢާލާ އެމީހަކަށްޓަކައި ސުވަރުގެއިން މަތިވެރިވެގެންވާ މެހެމާންދާރީއެއް ތައްޔާރުކޮށްދެއްވައެވެ."

(އަލްބުޚާރީ އަދި މުސްލިމް) 

މިޙަދީޘްފުޅުގައި މިވާ މެހެމާންދާރީ ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ މެހެމާންދާރީ އަދާކުރުމުގެ ގޮތުން ދޭ ކޮއްތާއި (ޖާފަތާއި) ރިޒްޤާއި އަދި އެނޫންވެސް މެހެމާންދާރީ އަދާކުރުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ޝާމިލްވާކަމުގައެވެ. 

- ޝައިޚް އާދަމް ނިޝާން ޢަލީ

 

 

މިއަދު އޮންލައިން