ނިޢްމަތެއް ލިބުމުން އޮތީ ކޮފީއަށް ދިއުމާ ޕާޓީ ބޭއްވުމެއް ނޫނެވެ! އެކަންކަމަށް ބާރުއަޅާ މީހުންނާ ދުރުހެލިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނިޢްމަތެއް ލިބުމުން އޮތީ ކޮފީއަށް ދިއުމާ ޕާޓީ ބޭއްވުމެއް ނޫނެވެ! އެކަންކަމަށް ބާރުއަޅާ މީހުންނާ ދުރުހެލިވާށެވެ!

އުފާވެރިކަމެއް ލިބުމުން އިސްރާފްކޮށް ކޮފީއަށް ދިއުމާއި ޕާޓީ ބާއްވަން ބާރު އަޅާމީހުންގެ ބަހަށް ނުހެއްލޭށެވެ! އެމީހުން އެ މަސައްކަތްކުރަނީ އެ ނިޢްމަތް ތިބާއަށް ގެއްލުވައިލުމަށެވެ. އެފަދަ މީޙުންނަކީ ހެޔޮ އެދޭ ރަޙްމަތްތެރިނަ ކަމުގައި ނުބަލާށެވެ!

ޕާޓީއަށް ދަޢްވަތު ދިނުމުގެ ބަދަލުގައި އެމީހުންނަށްވެސް ދަޢުވަތު ދޭންވީ ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރާ ބައަކަށްވުމަށެވެ. އެމީހުންނަށް ބުނާށެވެ! ޕާޓީ ބާއްވަން ނޭދޭށެވެ! އަހަރެންނަށް ހެޔޮ އެދޭނަމަ އަހަރެންގެ ތަޤްވާވެރިކަން އިތުރުވާނެ ކަންކަމަށް ހިތްވަރުދީ މަގުދައްކައިދޭށެވެ! އެކަމަށް ވާގިވެރިނުވާ އެންމެންނަކީ ޢަދާވާތްތެރިންނެވެ. އެ އެންމެންނާއި ދުރުހެލިވާށެވެ!

ތިބާއަށް ނިޢްމަތެއް ދެއްވެވުމުން އެކަން ދަމައި ދިގުކުރަން ނުހަދާށެވެ! އެކަމާއި ގުޅުވައިގެން ޕާޓީ ބާއްވައި ލަވަކިޔައި ނަށަންވީއެއް ނޫނެވެ! އެއިރުން އެ ދެވެނީ ނިޢްމަތް ދެއްވެވި ފަރާތުން ނަހީކުރެއްވެވި މަގުންނެވެ.

ނިޢްމަތެއް ދެއްވަވައިފިނަމަ ޝުކުރުވެރިވުން އިތުރުކުރާށެވެ! ކިޔަމަންތެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަ ކުރާށެވެ! ﷲ ތަޢާލާ ދެއްވެވި މިންވަރު އަތުން ބީވެގެން ދިއަނުދީ ހިފަހައްޓަން މަސައްކަތްކުރުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން