މުޅި ބިމަކީވެސް މުސްލިމުންނަށްޓަކައި މިސްކިތެވެ! އޮތީ ނަމާދުކުރަން އަވަސްވެގަތުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މުޅި ބިމަކީވެސް މުސްލިމުންނަށްޓަކައި މިސްކިތެވެ! އޮތީ ނަމާދުކުރަން އަވަސްވެގަތުމެވެ!

ﷲ ތަޢާލާގެ ޙަްރަތުން ކާމިޔާބު ލިބިގަތުމަށް އަވަހަށް އައުމަށް ގޮވާލެވުމުން ލަސްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޮތީ އެކަމަށް އަވަސްވެގަތުމެވެ.

ނަމާދު ވަގުތު ޖެހޭއިރު އެމީހަކަށް ހުރެވުނު ކޮންމެ ތަނަކީ މުސްލިމުންނަށްޓަކައި މިސްކިތެކެވެ. ވުޟޫކުރާނެ ފެން ލިބެން ނެތް ނަމަ ބިމުގައި އަތްޖައްސާލައިގެންވެސް ފުއްދައިލެވެން އެބައޮތެވެ. ވީމާ މިސްކިތަށް ދާން އުނދަގޫވެގެން ނަމާދުނުކޮށް ހުރުމެއް ނެތެވެ.

މިސްކިތަށް ދެވޭނެ ގޮތެއް އޮތްނަމަ މިސްކިތަށް ދާނީއެވެ. ދެވޭނެ ގޮތެއް ނެތް ނަމަ ހުރިތަނެއްގައި ހުރެގެން ވެސް ނަމާދުކުރުން ލަސްނުކުރާށެވެ! ނަމާދަށް އޮތީ އަވަސްވެގަތުމެވެ.

<blockquote class="twitter-tweet"><p lang="en" dir="ltr">The earth is a mosque for you,&#13;so wherever you are at the time of prayer,&#13;pray there&#13;&#13;[Muslim]&#13;&#13;<a href="https://t.co/kxIzttSDry">pic.twitter.com/kxIzttSDry</a></p>&mdash; . (@Alhamdhulillaah) <a href="https://twitter.com/Alhamdhulillaah/status/1219620691663839233?ref_src=twsrc%5Etfw">January 21, 2020</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

މިއަދު އޮންލައިން