މުޅި ދުނިޔެ ލިބިފައި ނެތް މީހަކު ހާދަ މަދުއިރު އެބަ ޝުކުރުވެރިވެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މުޅި ދުނިޔެ ލިބިފައި ނެތް މީހަކު ހާދަ މަދުއިރު އެބަ ޝުކުރުވެރިވެވޭތަ؟

އިސްލާމް ދީނަކީ ދުނިޔޭގައި ވެސް އުފަލުގައި އުޅުމަށް ހިތްވަރުދޭ ދީނެކެވެ. ނަމަވެސް އުފަލުގައި އުޅުމުގެ ބޭނުމުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލައި އުފާވެރިކަން ލިބިގަންނަން މަސައްކަތްކުރާނަމަ އެމީހަކަށް އެވަނީ ދުނިޔެއަށް އޭނާ ފޮނުއްވެވި ބޭނުންވެސް ހަނދުމަނެތިކޮށްލެވިފައެވެ. ޢާޚިރަތްމަތިން މުޅިން ހަނދުމަނެތިކޮށްލެވިފައެވެ.

މީސްތަކުންނޭވެ! ޝުކުރުވެރިވާށެވެ! ހިތެއް ނުފުރޭނެއެވެ! ނަމަވެސް ހެޔޮކަމުގެ ފަތަށް ބަރުކުރަން އެބަ ޖެހެއެވެ. އެކަން ނުކޮށް ސަލާމަތްކަމެއް ނެތެވެ. ބުއްދިވެރިންނަކީ ޝުކުރުވެރިވާ ޙާލު ނިޢްމަތްތައް އިތުރުކުރަން މަސައްކަތްކުރާ މިހުންނެވެ!

"އިރުއެރިއިރު އެދުވަހުގެ ތިބާ އާއި ޢާއިލާގެ ފުރާޤު (ހައިހޫނުކަން ފިލުވައި ލެވޭވަރަށް ކާތަކެތި) ގޭގައި ހުރިނަމަ ތިބާއަށް އެވަނީ މުޅި ދުނިޔެ ލިބިފައެވެ."

މީސްތަކުންނޭވެ! ކަން އޮތް މަގަކީ މިއީއެވެ. ނަމަވެސް މިއަދު ހަމަ ގިނަ ބައަކު އެމީހުންގެ މުޅި ދުވަސް ހޭދަކޮށްލަނީ އެމީހުންގެ ތަނަވަސްކަން އިތުރުކުރުމަށެވެ. ފައިސާ ޖަމާކުރުމުގައެވެ. ފުދިފައި ހުރި ބޭނުންތައް އިތުރަށް ފުރިހަމަކުރުމަށެވެ. ވާޖިބުތައް އަދާކުރެވެނީވެސް މަދުމީހަކަށެވެ. ޛިކުރުކޮށްލެވެނީވެސް މަދުމީހަކަށެވެ. ހޭލުންތެރިވަމާ ހިނގާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން