މިއަދުގެ ސަރުކާރަށް!: ފިރުއަޢުނު މާނަކުރި ފަސާދައިގެ ސަބަބުން ﷲ އޭނާ ޣަރަޤް ކުރެއްވެވިއެވެ! ޤައުމު ބަނޑަށް ޖެއްސެވިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިއަދުގެ ސަރުކާރަށް!: ފިރުއަޢުނު މާނަކުރި ފަސާދައިގެ ސަބަބުން  ﷲ އޭނާ ޣަރަޤް ކުރެއްވެވިއެވެ! ޤައުމު ބަނޑަށް ޖެއްސެވިއެވެ!

ރާއްޖޭގައި ސަރުކާރުން ޤައުމުގައި ޝިރުކުކުރުން ފެތުރުން ހުއްޓާލަން ބުނުމުން މިވަނީ ފަސާދަކުރުން ކަމަށެވެ. ހައްޔަރުކޮށް އަނިޔާދެނީއެވެ. ދެންވެސް ﷲ އަށް ބިރުވެތިވާނަމަ މި 4 އާޔަތް އެކަނި ނަމަވެސް ކިޔައިލާށެވެ! ރައްޔިތުން ބަނޑަށް ޖެއްސެވުމުން ސަލާމަތްކޮށްދޭށެވެ! 

"ފިރުއަޢުނުގެ ޤައުމުގެބޮޑުން ބުނޫއެވެ. މޫސާގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެމީހުން، ކަލެޔާއި ކަލޭގެ އިލާހުންތައް ދޫކޮށް، ބިމުގައި ފަސާދަ އުފެއްދުމަށް ތިޔަ ދޫކޮށްލަނީހެއްޔެވެ؟ އޭނާ ބުންޏެވެ. ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ"

"މޫސާގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން، ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، ތަޤްވާ ވެރިންނަށެވެ." 

"އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދާވާތްތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން ޢަމަލު ކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ." 

"ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ފިރުއަޢުނުގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ."

(އަލް އަޢްރާފް: 127، 128، 129،130)

މިއަދު އޮންލައިން