ދުވަހެއް ދުވަހަކަށް ހޫނުގަދަވަމުން އަންނަނީ ނަރަކަ ކައިރިވާތީ! ދުނިޔެ އެއްކޮޅަށް އެރިޔަސް ނުހުއްޓުވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދުވަހެއް ދުވަހަކަށް ހޫނުގަދަވަމުން އަންނަނީ ނަރަކަ ކައިރިވާތީ! ދުނިޔެ އެއްކޮޅަށް އެރިޔަސް ނުހުއްޓުވޭނެ!

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ:

"ހޫނު ގަދަވެއްޖެނަމަ ތިއަބައި މީހުން ފިނިވަންދެން ނަމާދު މަޑުކޮށްފައި ނަމާދުކުރާށެވެ! އަދި ހަމަކަށަވަރުން ގަދަ ހޫނަކީ ނަރަކައިގެ ހޫނުންވާ ބައެކެވެ." ޞަޙީޙް ބުޚާރީ: 533،534) 

ދުނިޔެ ހޫނުވަމުން އަންނަ މައްސަލައިގައި ސައިންސްވެރިން ތަފާތު ވާހަކަތައް ދައްކާނެއެވެ. މައްސަލަ ޙައްލުކުރަން ގޮތްތައް ހޯދަންވެސް އުޅޭނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އެއްވެސް ޙައްލެއް ނުފެންނާނެއެވެ.   

ކޮންމެ އަހަރަކު ވެސް މިދަނީ ހޫނުވުމުގެ މައްސަލަތައް ބޮޑުވަމުންނެވެ. އިތުރަށް ހޫނު ގަދަވަމުންނެވެ. ގަދަ ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް މިދަނީ ގިނަވަމުންނެވެ. މިއީ މުސްލިމުން ވިސްނައި ފިކުރުކޮށް ބިރުވެތިކަން އިތުރުކުރަންވީ ކަންކަމެވެ. 

ޙައްލަކީ އެއާކޮންޑިޝަން އިތުރުކުރުމެއް ނޫނެވެ! އެއާކޮންޑިޝަންވެސް އިތުރުކުރާށެވެ! ފަންކާވެސް އިތުރުކުރާށެވެ! ހަމަ އެއާއިއެކު ތަޤްވާވެރިކަން ވެސް އިތުރުކުރާށެވެ! ކުރާ އަޅުކަން ގިނަކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން