ރީތިވީމާ އަބަދުވެސް އޮފީހުގެ އެންމެ އިސް މީހާ މަޅީގާ ޖައްސަމުންދިއަ މަރީއަށް ޖެހުނު ޙާލު- އެފަދަ ހުރިހާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ރީތިވީމާ އަބަދުވެސް އޮފީހުގެ އެންމެ އިސް މީހާ މަޅީގާ ޖައްސަމުންދިއަ މަރީއަށް ޖެހުނު ޙާލު- އެފަދަ ހުރިހާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

މަރީ އަކީ އޮފީހުގައި މަސައްކަތްކުރާ އެންމެ ރީތި އަންހެން ކުއްޖާއެވެ. އޮފީހުގެ ހުރިހާ ވެރިންހެން އޭނާއަށް ސަމާލުކަންދެއެވެ. އެކަމަށްޓަކައި އޭނާ ހުންނަނީ ވަރަށް ބޮޑަށް ފަޚުރުވެރިވެގެންނެވެ. އަދި އަބަދުވެސް މަސައްކަތްކުރަނީ އެންމެ އިސްކޮށް ހުންނަ މުވައްޒިފަކާއި ގުޅުން ބަދަހިކުރެވޭތޯއެވެ. 

ޖަމީ އާއި މަރީ މަސައްކަތްކުރަނީ އެއް ކެބިނެއްގައެވެ. ނަމަވެސް ދެމީހުންގެ ޚިޔާލު ވަރަށް ތަފާތެވެ. އަޚްލާޤްވެސް ވަރަށް ތަފާތެވެ. ވިސްނުންވެސް ވަރަށް ތަފާތެވެ. ޖެނީގެ ވިސްނުމުގައި ލޯބިވާންވާނީ މަޤާމަކަށް ނޫނެވެ. ކައިވެނިކުރުމަށެވެ. އެކުގައި މުޅި ޙަޔާތް ހޭދަކުރުމުގެ ނިޔަތުގައެވެ. 

އެއީ ބޮސް މުސްކުޅިވެ މަސައްކަތާއި ދުރުހެލިވާން މަސައްކަތްކުރަމުން އައިދުވަސްވަރެވެ. ބޮސް ބޭނުންވީ އޭނާކުރަމުން އައި މަސައްކަތް އޭނާގެ ދަރިފުޅާއި ޙަވާލުކުރާށެވެ. އެހެންވެ ތަމްރީނުކުރަން އޮފީހަށް ގެނައެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ނަމަކު ނޫނެވެ. އޮފީހުގެ އެންމެ އިސް 4 ވަނަ ވެރިޔާގެ މަޤާމުގައެވެ. އަދި އެއީ އޭނާގެ ދަރިފުޅުކަން އޮތީ މުވައްޒިފުންނަށް ސިއްރުކޮށްފައެވެ. 

އޭނާ އޮފީހުގައި މަސައްކަތްކުރަންފެށިތަނާ މަރީ އޭނާއަށް ކަޅިއަޅަމުން ގޮސް މަރީ އޭނާގެ ހިތް ކާމިޔާބުކުރިއެވެ. ލޯބިވެރިޔާއަށްވިއެވެ. ދެމީހުންގެ މެދުގައި ބައްދަލުވުންތައް ބޭއްވެމުން ދިއައެވެ. ނަމަވެސް އެއިގެ ދުވަސްކޮޅެއްފަހުން ކުންފުނީގެ އެންމެ މަތިން ދެވަނަ މަޤާމަށް މީހަކު ގެނައިތަނާ މަރީ އޭނާ އާއި ގުޅެން ބޭނުންވިއެވެ. އެކަމަށް ކުރި މަސައްކަތުން އޭނާގެ ހިތް ކާމިޔާބުކޮށް ކުރީގެ ލޯބިވެރިޔާ ދޫކޮށްލިއެވެ. 

އެކަމުގެ ސަބަބުން ލިބުނު މާޔޫސްކަމުގެ ތެރޭގައި އުޅެމުން އޭނާ ޖަމީ އާއިއެކު ގުޅުން ބަދަހިކުރިއެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ލޯބި އުފެދި ކައިވެނިކުރުމުގެ ކަންކަން އިންތިޒާމުކުރެވެމުން ދިއައެވެ. އެހައި އަވަސްވީ ކައިވެނިނުކޮށް ގުޅުން ބާއްވަން ޖަމީ ބޭނުން ނުވުމުންނެވެ. 

ކައިވެނިކުރަން ހަފްތާއަކަށް ކައިރިވެފައިވަނިކޮށް ވެރިމީހާ ހުރިހާ މުވައްޒިފުންނާއި ބައްދަލުކޮށްފައި އިއުލާނުކުރިއެވެ. "ކުންފުނި ހިންގުމުން މިއަދުންފެށިގެން އަހަރެން އިސްތިއުފާދިނީއެވެ. ދެން ހުންނާނީ ދަރިފުޅަށް ލަފާދޭ މީހެއްގެ ގޮތުގައެވެ. މިއަދުން ފެށިގެން ކުންފުނި ހިންގާނީ އަހަރެންގެ ދަރިފުޅެވެ. ދަރިފުޅު މިކުންފުންޏަށް ގެނެސް އެނާއަކީ ކާކުކަން މުވައްޒިފުންނަށް ނުއަންގައި މަސައްކަތްކުރުވަމުން މިއައީ މުވައްޒިފުންގެ ޙަޤީޤަތް އޭނާއަށް ދަސްކުރަން ފަސޭހަވާނީ އެއިރުން ކަމަށްވާތީއެވެ. ދަރިފުޅާއެވެ. ބައްޕަގެ ގޮނޑީގައި އިށީންނާށެވެ. މަސައްކަތާއިގެން ކުރިއަށްދާށެވެ. މާދަމާއިން ފެށިގެން ބައްޕަ އޮފީހަށް އައިނަމަވެސް އިންނާނީ މީޓިންގރޫމްގައެވެ. 

ދެން ކަންދިމާވިގޮތުން އޮފީހުގައި މަސައްކަތްކުރަމުން ދަރިފުޅު ވަނީ އޭނާގެ ޙަޔާތަށް ބައިވެރިއަކުވެސް ހޯދާފައެވެ. ދެން އޭނާ މަސައްކަތްކުރާނީ ދަރިފުޅުގެ ސެކެޓްރީގެ ގޮތުގައި މިކޮޓަރީގައެވެ. ހުރިހާ މުވައްޒިފުންނަށް ވެސް ކައިވެނީގެ ދައުވަތު ކާޑުތައް މިހިރީއެވެ. ހުރިހާ މުވައްޒިފުންވެސް ދަރިފުޅުގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވާންވާނެއެވެ. ހަދިޔާ ގެންނާނެ ކަމެއް ނެތެވެ. ދެމަފިރިންނަށްޓަކައި ހެޔޮދުޢާކޮށްދިނީމާ ނިމުނީއެވެ." 

އެހެން ބުނެފައި ބައްޕަ ގޮނޑިން ތެދުވެ ގޮނޑިފޮޅާލާފައި ދަރިފުޅު ބެއިންދުމުން އެންމެން ދިއައީ ސިއްސައިގެންނެވެ. އޮފީހުގައި މިހައި ދުވަހު އުޅުނީ ވަރަށް ހިތްތިރި މީހެއްގެ ގޮތުގައެވެ. އެއީ ވެރިމީހާގެ ދަރިފުޅު ކަމަށް ޝައްކުވެސް ކުރެވޭނެ ގޮތަކަށް ނޫންކަމަށްވީތީއެވެ. 

އެންމެ ބޮޑު ސިހުމެއް ލިބުނީ މަރީއަށެވެ. އެންމެ ދެރަވީވެސް މަރީއެވެ. ފައިސާއަށާއި މަޤާމުގެ ކުރިއެރުމަށް ދަހިވެތިކަން ބޮޑުވުމުން ޢޭނާއަށް ލިބެން އޮތް އަގުހުރި ފުރުޞަތު ނަގައިލެވުނީތީއެވެ. 

ހަމަ އެއާއިއެކު އޭނާ އެންމެ ދެރަވީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އޭނާ ދޫކޮށްލީތީއެވެ. އޭނާ ދޫކޮށްލި ސަބަބަކީ މަރީގެ ކުރީގެ ލޯބިވެރިޔާ ދޫކޮށްލާފައި އޭނާއާއި ގުޅުނީ ކީއްވެގެންކަން އޭނާއަށް އެނގިފައި އޮތުމުންނެވެ. އެގޮތަށް ކަންކަންކުރާ އަނހެނުންގެ ކިބައިގައި އެއްވެސް ތެދުވެރިކަމެއް ނުހުންނާނެކަން އެނގޭތީއެވެ. ނަތީޖާއަކަށްވީ މަރީއަށް ވަޒީފާއިން އިސްތިއުފާދޭން ޖެހުމެވެ. އެކަންކުރީ އޭނާއަމިއްލައަށެވެ. ވީދެރައިންނާއި ގަތް ލަދުންނެވެ.

މިވާހަކަ މިކިޔައިދިނީ ވެރިމީހާގެ ދަރިފުޅެވެ. އަހަރެން ބޭނުންވީ ރީތިކަން ލިބުމުން އެކަމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަން މަސައްކަތްކުރާ އަންހެން މުވައްޒިފުންގެ ގާތުގައި މިފަދަ ކަންކަމަށް ހޭލުންތެރިވާން ބުނުމެވެ. 

އަހަރެން އިޚްތިޔާރުކުރި އަނބިމީހާ އެހާ ރީއްޗެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތްވަރަށް ރީއްޗެވެ. ވަރަށް ޠޯހިރެވެ. އެހެންވީމާ އަހަރެމެންގެ ކައިވެންޏަކީ ވަރަށް ކާމިޔާބު ކައިވެންޏެވެ. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ވަކިވުމެއް ނެތެވެ. 

- ނަފީސް / ލޯހޯރު، ޕާކިސްތާން 

މިއަދު އޮންލައިން