ހިތްތައް އެފުށްމިފުށައް ޖައްސަވާ އިލާހްއެވެ. އިބަ އިލާހުގެ ދީނުގެމަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވާފާންދޭވެ. އާމީން.
ހައްދަވާގެންގުޅުއްވާ އިލާހްއެވެ. އިބަ އިލާހުގެ ތަނަވަސް ރަޙްމަތްފުޅުން, އިބަ އިލާހުގެ ޞާލީޙް އަޅުންގެތެރެއިން އަޅަމެން ލައްވާފާންދޭވެ. އާމީން
ހައްދަވާގެންގުޅުއްވާ އިލާހްއެވެ. އިބަ އިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާފާންދޭވެ. އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާފާންދޭވެ. އާމީން
ހައްދަވާގެންގުޅުއްވާ އިލާހްއެވެ!. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި, އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާނުކުރައްވާފާންދޭވެ. އަދި އަޅަމެންނަށް އިބަ އިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަ އިލާހީ ގިނަގުނަ ނިޢްމަތްތައް ދެއްވާ އިލާހެވެ. އާމީން.
ހުކުރު ދުވަހުގައި ދުޢާ ޢިޖާބްކުރެއްވެވުމަށް ޚާއްޞަވެގެންވާ ވަޤުތުކޮޅެއް ވެއެވެ. އެވަގުތުކޮޅުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ. އެވަގުތުކޮޅަކީ ކޮބައިކަން އެނގޭކަށް ނެތެވެ. ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެވަގުތުކޮޅުވަނީ ޢަޞްރުނަމާދާއި އިރުއޮއްސުމާއި ދެމެދުގައެވެ.