ޢާއިލާގަ ލޯތްބާ ގޭތެރޭގެ ހަމަޖެހުމާ، ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް ނޭދޭނީ ކާކު؟ އެކަމަކު އެކަންކަން ހޯދަން މި ޙަދީޘްފުޅަށް ޢަމަލުކުރަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޢާއިލާގަ ލޯތްބާ ގޭތެރޭގެ ހަމަޖެހުމާ، ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް ނޭދޭނީ ކާކު؟ އެކަމަކު އެކަންކަން ހޯދަން މި ޙަދީޘްފުޅަށް ޢަމަލުކުރަމުތަ؟

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

"ނަމާދުގެ ބައެއް ތިއަބައިމީހުންގެ ގޭގޭގައި ކުރާހުށިކަމެވެ. އަދި އެތަނަކީ މަޤްބަރާއަކަށް ނުހަދާހުށިކަމެވެ." (ޞަޙީޙް ބުޚާރީ: 432) 

މި ޙަދީޘްފުޅުގައި ނަމާދުން ބައެއް ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ސުންނަތް ނަމާދުތަކަށެވެ. ވީމާ ދުވާލުގެ ވަގުތުތަކުގައި ގޭތެރޭގެ ކަންތައްތައް ހުންނަގޮތުން ރަވާތިބު ސުންނަތް ފަދަ ސުންނަތް ނަމާދުތައް ގޭގައި ކުރެވެން ނެތް މީހާ އެންމެ ކުޑަމިނުން ދަމުނަމާދު ނަމަވެސް ގޭގައި ކުރާށެވެ! 

ބައެއް އުނދަގޫ ހުރި ނަމަވެސް ގޭގައި ސުންނަތް ނަމާދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދަރިންނަށް އެންމެ ހަގު އުމުރުގައިވެސް މަންމަގެ އިތުރުން ބައްޕަ ވެސް ގޭގައި ނަމާދުކުރާތަން ފެނި އެއީ އެންމެން ކުރަން ޖެހޭ ކަމެއްކަން އެނގިގެންދާނެއެވެ. ނަމާދަށް ލޯބި އުފެދޭނެއެވެ! 

ގޭތެރޭގައި ހަމަޖެހުން އޮތުމާއި ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. އެހެންކަމަށްވުމުން ގެތަކަކަކީ މަޤްބަރާތަކަކަށް ނުހަދާށެވެ! އެކަމަށް ކުރަން އޮތް ކަންތައް މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން