އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑުގެ ކަންކަން ނުބެލެހެއްޓޭ ތަނުގަ ނަމާދުވެސް ނުކުރެއެވެ! އެކަމަކު 2 އަންތބަށް ކައިވެނިކުރަން އެއްބަސްނުވެގެން އަނިޔާކުރެއެވެ! ޙަލަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑުގެ ކަންކަން ނުބެލެހެއްޓޭ ތަނުގަ ނަމާދުވެސް ނުކުރެއެވެ! އެކަމަކު 2 އަންތބަށް ކައިވެނިކުރަން އެއްބަސްނުވެގެން އަނިޔާކުރެއެވެ! ޙަލަކީ ކޮބައިތޯ؟

"އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑުގެ ކަންކަން ނުބެލެހެއްޓޭ ތަނުގަ 5 ނަމާދުވެސް ނުކުރެއެވެ! އެންމެ ކުޑަމިނުން އޭނާގެ މައިންބަފައިންނަށްވެސް އެހީތެރިއެއް ނުވެއެވެ. ބުނަނީ އަތުގައި ރުފިޔާ ނެތްކަމަށެވެ. އެކަމަކު 2 އަންތބަށް ކައިވެނިކުރަން އެއްބަސްނުވެގެން އަނިޔާކުރެއެވެ! ޙަލަކީ ކޮބައިތޯ؟" 

މިއީ ކިޔުންތެރިއެއްގެ ސުވާލެކެވެ. އުންމީދުކުރަނީ ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިގެންދާނެ ކަމަށެވެ. 

ގިނަ އަނބިން ހޯދުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ފިރިހެނުން އުޅެނީ ގިނަ އަނބިން ހަމަނުކުރެވިގެންނެވެ. އަންހެނުން ޝަކުވާ ކުރަނީ އެމީހުންނާއި ފިރިން އަޅާނުލައިގެންނެވެ. ބައެއް ދަރުސްތަކުގައި މިކަންކަން ބޮޑު ޒުވާބަކަށް ވެގެންވެސް އެބަ ދެއެވެ. 

އެންމެ އަންތބަކު ވެސް ނުބެލެހެއްޓޭ އަދި ފަރުޟު 5 ނަމާދުވެސް ނުކުރެވޭ މީހުން ސުންނަތް ކަމަށް ބުނެ 4 އަނބިން ހޯދަން އެބަ މަސައްކަތްކުރެއެވެ. ސުންނަތާއި ދިމާއަށް ދިއުމުގެ ކުރިން ފުރަތަމަ އަދާކުރަންވީ ފަރުޟު ނޫން ހެއްޔެވެ؟ 

ހަމަ ޤައިމުވެސް އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދީ، އަނބިމީހާ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެންމެ އަންތބަކު ނުބެލެހެއްޓޭ މީހާ ގިނަ އަނބިން ބަލަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ތިމާއަށް ނުބެލެހެއްޓޭ ޙާލު، އެއް ގޮތަކަށް އަނބިންނާއިމެދު ކަންކަން ނުކުރެވޭ ޙާލު އިތުރު އަނބިންނާއި ކައިވެނިކުރަން އޮތް ޙަދީޘްފުޅެއް ނިކަން ދައްކައިބަލާށެވެ! ވީމާ 4 އަނބިން ހަމަކުރުމަކީ ސުނަނަތެކޭ، ދެކޮޅު ހެދީމާ ފާފަވެރިވާނެއޭ ބުނެ ތިއަ ހަދަނީ ބޮޑެތި ދޮގުތައް ނޫން ހެއްޔެވެ؟ 

އިސްލާމް ދީނުގެ ތަރުތީބަށް ބެލި ނަމަވެސް ފުރަތަމަ އޮތީ ޤްރްއާނެވެ. ސުންނަތް އަންނާނީ ފަހަތުންނެވެ. އެންމެ ފުރަތަމަ އޮތީ ފަރުޟެވެ. ސުންނަތް އަންނާނީ ފަރުޟުގެ ފަހަތުންނެވެ. ރަވާތިބު ސުންނަތް ކޮށްފައި ފަރުޟު ނަމާދު ނުކުރީމާ ފަރުޟު އަދާކުރިކަމަށްވޭހހެއްޔެވެ؟ 

ވީމާ ފުރަތަމަ ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ! އެއަށްފަހު ތިބި އަނބިން ނުވަތަ އަނބިމީހާ ބެލެހެއްޓޭ މީހަކަށްވާށެވެ! އެއަށްފަހު އިތުރު އަނބިން ހަމަކުރަން ވިސްނާށެވެ! 

ސުންނަތަކަށްވެގެން ގިނަ އަނބިން ހޯދާ މީހާ ރަސޫލް () ގެ އަނބިއަނބިކަނބަލުންނާއިމެދު ރަސޫލް () އަމަލުފުޅު ކުރެއްވެވި ގޮތަށް އަމަލު ވެސް ކުރަން ޖެހޭނެއެވެ. ސުންނަތަކީ އެގޮތެވެ. ތިމާ ބޭނުންވާ ބައި ނަގާފައި އަނެއް ބައި ދޫކޮށްލުމެއް ނޫނެވެ! 

އެކަނިވެރި މައިން ގިނަވަމުންދާއިރު އިންސާނިއްޔަތަށްޓަކައިވެސް އަނބިން ގިނަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގިނަކުރާނަމަ އަނބިންނާއިމެދު ޢަމަލުކުރަން ދީނުގައި އޮތް ގޮތަށް ޢަމަލުކުރަންވާނެއެވެ! އެގޮތަށް އެކަން ނުކުރެވޭނެ ނަމަ އަނބިން ގިނަކޮށް އެކަނބަލުން ބިކަ ނުކުރާށެވެ! އެއްފަޅި ވައުވެފައިވާ ޙާލު މަޙްޝަރު ކުރެއްވޭ މީހަކަށް ނުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން