ތިމާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައާއި ޖަނާޒާގައި ވީހާގިނަބައަކު ބައިވެރިވުމަށް އެދޭ މީހާ އެހެން މީހުންގެ ޖަނާޒާތަކުގަ ގިނައިން ބައިވެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިމާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައާއި ޖަނާޒާގައި ވީހާގިނަބައަކު ބައިވެރިވުމަށް އެދޭ މީހާ އެހެން މީހުންގެ ޖަނާޒާތަކުގަ ގިނައިން ބައިވެރިވާށެވެ!

ދުނިޔެއަށް ފޮނުއްވެވުނު ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ދާއިމަށް ދުނިޔޭގައި ހުރެވުނު މީހަކު ނެތެވެ. އަދި ހުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. މިއީ ހަމަ ޔަޤީން ކަމެކެވެ. އެކަން ކާފިރުންވެސް އެކަން ޤަބޫލުކުރެއެވެ. އެކަން ބަޔާންކޮށް އެމެރިކާގެ ބިލިއަނަރަކު ބުނެފައިވެއެވެ.

"ދުނިޔެއަށް އައުމަށްފަހު ޔަޤީންވާނީ ދެ ކަމެކެވެ. އެއީ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭނެ ކަމާއި މަރުވާނެ ކަމެވެ."

އަދި ކޮންމެ މީހަކީވެސް އެމީހަކު މަރުވުމުން އެމީހެއްގެ ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވުމަށް އެދޭނެ މީހެކެވެ. އެމީހެއްގެ މައްޗަށް ވީހައި ގިނަ ބައަކު ހެޔޮ ދުޢާކޮށްދިނުމަށް އެދޭނޭ މީހެކެވެ.

ވީމާ ފުރަތަމަ ކަމަކަށް އެކަމުގައި އިޚްލާޞްތެރިވާންވީ އެމީހާއެވެ. އެމީހާ ދުނިޔޭގައި ހުރެ ވީހައި ގިނައިން ކަށުނަމާދާއި ޖަނާޒާތަކުގައި ބައިވެރިވާންވީއެވެ. މަރުވި މީހާގެ މައްޗަށް އިޚްލާޞްތެރިކަމާއިއެކު ދުޢާކުރަންވީއެވެ.

މަރުވެފައިވާ މީހެއްގެ މައްޗަށް ހެޔޮދުޢާކުރާނަމަ އިޚްލށާޞްތެރިކަމާއިއެކު އެކަންކުރަން ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

Narrated Abu Hurayrah (RA): The Prophet (pbuh) said: When you pray over the dead, make a sincere supplication for him. (Abi Dawud)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަށުނަމާދެއްގައި ބައިވެރިވެއްޖެ ނަމަ އުހުދު ފަރުބަދަ އާއި އެއްވަރަށް ގިނަ ސަވާބު ދެއްވަވަތެވެ. އަދި ޖަނާޒާގައި ބައިވެރިވެއްޖެ ނަމަ ހަމަ އެހައިމެ ގިނަ ސަވާބު އިތުރަށް ދެއްވަވަތެވެ. ވީމާ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވުމުން ލިބިގެން އެދަނީ އުހުދު ފަރުބަދައިގެ 2 ފަރުބަދަހައި ގިން ސަވާބެވެ.

މަރުވެފައިވަނީ ކޮން ފެންވަރެއްގެ، ކޮން ޤައުމެއްގެ މީހަކުކަން ބެލުމެއް ނެތެވެ. އޭނާއަކީ މުސްލިމަކު ކަމުގައިވާނަމަ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވާށެވެ! އެކަމުން ލިބެން އޮތް ގިނަގުނަ ސަވާބާއި ދަރުމަ ލިބިގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން