ތުއްތު ދަރިފުޅު އާދައާ ޚިލާފަށް ގިނައިން ރޯނަމަ އެސްފީނާގެ އިތުރުންވެސް ވިސްނައިލަން ޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތުއްތު ދަރިފުޅު އާދައާ ޚިލާފަށް ގިނައިން ރޯނަމަ އެސްފީނާގެ އިތުރުންވެސް ވިސްނައިލަން ޖެހޭނެ ބައެއް ކަންކަން-

ތުއްތު ދަރިން ގިނައިން ރޯ އެންމެ ޢާންމު އެއް ސަބަބަކީ އެސްފީނާގެ އުނދަގުލެވެ. ވީމާ އެސްފީނާއިނަ ރައްކާތެރިކުރަން މަސައްކަތްކުރަން ޖެހެއެވެ. އެއިގެ އިތުރުންވެސް ކުދިން ރޯނަމަ ވިސްނާލަންޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ.

ކިތަންމެ ކުޑަ ކުއްޖަކު ނަމަވެސް ރޯނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. ކޮންމެވެސް އުނދަގުލެއް ކުއްޖާއަށް ވުމުންނެވެ. އެއްވެސް ކުއްޖަކު ހަމަ ރޯހިތަކުން ނުރޯނެއެވެ. ސަބަބަކީ އެހައި ތުއްތު އިރު ރޯހިތްވާކަށް ކުއްޖާއަކަށް ނުއެނގޭނެއެވެ. އަދި ރުއިމުން ބޭނުން ޙާޞިލުވާނެ ކަމެއް ވެސް ނުއެނގޭނެއެވެ.

ހުރިހާ ކަމެއް ކިތަންމެ ރަނގަޅަށް ފުރިހަމަކޮށްދިން ނަމަވެސް ބައެއް ކުދިން ރޯލެއް ގިނަވެދާނެއެވެ. ބައެއް ބެލެނިވެރިންނަށް އެކަމާއިމެދު ރުޅިވެސް އާދެވެއެވެ. "މިއީ ހާދަގިނައިން ރޯކުއްޖެއް، ރޯވަރުން ކަމެއްވެސް ކުރެވޭކަށް ނެތް" ފަދަ ބަސްތައް ކުއްޖާ އާއި ދިމާއަށް ބުނެއެވެ. އަދި ހަމަ ކުއްޖާގެ ގައިގައި ޖެހޭތަންވެސް އާދެއެވެ.

ދަރިން ރޯތީ ރުޅި އައިސް އަނިޔާ ނުކުރާށެވެ! އަދި ރުޅިވެރި ބަސްތައް ނުބުނާށެވެ! ޖެހުމުން އަނިޔާވާނެއެވެ. ކިތަންމެ ވަރަކަށް އެއްޗެތި ގޮވި ނަމަވެސް އެކިޔަނީ ކީކޭކަންވެސް އެ ކުއްޖާއަކަށް ނުއެނގޭނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ! ރުޅި އައިސް ބަސް ބުނާނަމަ ކުދިންނަށް އަސަރުކުރާނެއެވެ. އެކަމުގެ ގެއްލުން ދަރިންނަށް ފޯރާނެއެވެ.

ކުއްޖާއަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކޮށްދިނުމުން ވެސް ބައެއް ކުދިން ރޯ މައްސަލައިގައި ތަފާތު ބަހުސްތައް ކުރެވެއެވެ. ޚާއަޞަކޮށް ރުއިމުން އުނދަގޫވެ މަދު ބެލެނިވެރިއަކަށް ނަމަވެސް އަތް އިސްކުރެވޭތީ ކަންބޮޑުވުން ވެސް ފައުޅުކުރެވެއެވެ.  

މިފަދަ މައްސަލައެއްގައި ބެލެނިވެރިންނަށް ތަޤްރީރުކުރައްވަމުން ތަޖުރިބާކާރު ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"އަހަރު ނުވާ ކުޑަ ކުއްޖާ ކިތަންމެ ގިނައިން ރުއި ނަމަވެސް އެކަމުގެ ޙަޤީޤީ ސަބަބު އޮޅުnqފިލުވުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެނީ ކުއްޖާ އާއި ކިތަންމެ ވަރަކަށް ސުވާލުކުރި ނަމަވެސް ޖަވާބު ނުދެވޭނެތީއެވެ. އަދި ބޮޑުވުމުން އެ އުމުރުގައި ރުއި ސަބަބާއިމެދު ސުވާލުކުރި ނަމަވެސް ޖަވާބު ނުދެވޭނެތީއެވެ. 

ވީމާ މިކަމުގެ ޙައްލެއްގެ ގޮތުން އެކަން މިގޮތަށް ޤަބޫލުކުރަމާ ހެއްޔެވެ؟

ފުރަތަމަ 4 މަސް ދުވަހު ރޮނީ ﷲ ތަޢާލާގެ ރަހްމަތަށް އެދިއެވެ. 2 ވަނަ 4 މަހު ރޮނީ ރަސޫލް () ގެ ޝަފާޢަތްތެރިކަމަށް އެދިއެވެ. 3 ވަނަ 4 މަހު ރޮނީ މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. 

ތުއްތު ދަރިފުޅު ރޮނީ މި ސަބަބުތަކަށްޓަކައި ކަމުގައި ވެއްޖެ ނަމަ ދެންވެސް ހަމަ ތުއްތު ދަރިފުޅު ދެކެ ރުޅި އަންނާނީ ހެއްޔެވެ؟ އެއްޗެތި ކިޔައި ތަޅައި އަނިޔާކުރާނީ ހެއްޔެވެ؟ 100 އިންސައްތަ ޔަޤީންކަމާއިއެކު ބުނަމެވެ. ތިއައިން އެއްވެސް ބެލެނިވެރިއަކު ހަމަ އެއްވެސް ވަރަކަށް ދަރިފުޅުގެ މައްޗަށް ހިތް ބުރައެއް ނުކުރާނެއެވެ! 

ބެލެނިވެރިންނޭވެ! އަހަރެމެން ދަރިން ހޯދަނީ އުފަލުން ތިބެއެވެ. ދަރިން ލިބުމުން ގެންގުޅެ ބޮޑުކުރުމަކީ ހަމަ ވަރަށް ބޮޑު ތަކްލީފެކެވެ. ހެޔޮ ގޮތުގައި ދަރިން ބަލައި ބޮޑުކުރުމުން އެހައި ގިނަ ސަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވަނީ އެސަބަބަށްޓަކައެވެ. 

ވީމާ އެންމެ ތުއްތުއިރުވެސް އަދި އެއިގެ ފަހުން ވެސް ދަރިން ދެކެ ރުޅި ނުއަންނާށެވެ! އިޞްލާޙްކުރަން އަދަބުދޭ އުމުރުގައި ކުއްޖާއަށް އަނިޔާ ނުވާނެ ގޮތަށް އަދަބު ދިނުމަކީ މުޅިން ތަފާތުކަމެކެވެ. އެއީ ކުދިންނަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އެކަމުން ކުދިންނަށް ކުރާނީ ފައިދާއެވެ!" 

މިއަދު އޮންލައިން