އިސްކޮޅުން ދިގުވާން ގިނަ ބައަކު ބޭނުންވެއެވެ. އެކަމަށް ޚާއްޞަ ކަސްރަތުތައްވެސް ކުރެއެވެ. އެކަސްރަތުތައް ކުރިނަމަވެސް ޢުމުރުގެ ވަރަށް ކުރީކޮޅުގައި އިސްކޮޅުން ދިގުވުން ހުއްޓެއެވެ.
އިންސާނުން އިސްކޮޅުން ދިގުވާ ގޮތަށް ބަލައިފިނަމަ އުމުރުގެ ވަރަށް ކުރީކޮޅުގައި ދިގުވުން ހުއްޓެއެވެ. އެއަށްފަހު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދިގު ނުވާކަން ފާހަގަކުރެވެއެވެ.
މިކަމާއިމެދު ފުންކޮށް ވިސްނާލުމުން ފާހަގަކުރެވޭ ކަންކަން ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއް ކަމަކީ އިންސާނާއަށް ހުންނަން މިޖެހެނީ ﷲ ތައާލާ އެމީހަކު ބެހެއްޓެވި ސައިޒުގައިކަމެވެ. އެ ކަން ބަދަލުކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމެވެ.
ދެވަނަ ކަމަކަށް ބުނެލަން އޮތީ އާރާއި ބާރު ލިބުމުން ހިތުހުރި ގޮތަކަށް ބޭނުންކުރާ މީހުންނަށް މިއީ ވަރަށް ބޮޑު ޢިބްރަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމެވެ. ތިމާއަށް ﷲ ދެއްވެވި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެ ކަމެވެ.
އިންސާނުން އިސްކޮޅުން ދިގުވުން ހުއްޓޭކަން އެއީ އެންމެ ވަރުގަދަ އެއް އިންޒާރު ކަމުގައި މިބުނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ވިސްނައި ފިކުރުކުރަން ޖެހޭ ކަންކަން ހުރުމުންނެވެ. އަހަރެމެން އިންސާނުން ކިތަންމެ ބޭނުންވި ނަމަވެސް ބޭނުންހައި ކަމެއް ޙާޞިލު ނުކުރެވޭނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން