ހިލޭ ފިރިހެނުންގެ ކިބައިން ބޭނުންތައް ފުއްދާ އަންހެނުންނަށް އަގުހުރި ނަޞޭޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހިލޭ ފިރިހެނުންގެ ކިބައިން ބޭނުންތައް ފުއްދާ އަންހެނުންނަށް އަގުހުރި ނަޞޭޙަތެއް!

"އެމީހުންގެ ލޮލަށް ތިއަ ކަނބަލުން ނުފެނި، ޝައިޠާނީ ވާހަކަ ނުދައްކައި ބައްދަލު ނުކޮށް އެހީވަނީ ކާކު ހެއްޔެވެ؟ އެއިން ކަމެއްގެ ސަބަބުން ދޭ ފައިސާއަކީ އެހީއެއް ނޫނެވެ! އެއީ ޙަރާމް ކަމަކަށް ތިބާ ގަންނަން ދޭ އަގެވެ! ތިބާގެ ނަފުސުގަ ހަމަ އެހައިވެސް އަގެއް ނެތީހެއްޔެވެ؟ ނުވިކޭށެވެ! ﷲ އަށް ބިރުވެތިވާށެވެ!" 

"ނުވިކި ތިބާގެ ޢިއްފަތްތެރިކަމުގައި ކެތްތެރިވެލައިފި މީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ޖަޒާއަށް ދަހިވެތިވާށެވެ. އެއިގެ ފައިދާ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވާނެއެވެ. ދުނިޔޭގެ ބަރުދަންހުރި ރަނަނަށްވުރެވެސް އަގުހުންނާނެއެވެ!" 

"އެހެނީ ސުވަރުގެ ލިބުމުން އެންމެ ބޮޑެތި ބިލިއަނަރުންވެސް ދުނިޔޭގައި އެމީހުންނަށް ލިބުނު އުފާވެރިކަންމަތިން އެކުގައި ހަނދާންނެތިގެންދާނެތީއެވެ. އަދި ކީއްހެއްޔެވެ؟ ޢިއްފަތްތެރިއެއްގެ ގޮތުގައި ހުރެވިއްޖެނަމަ އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ތިބާގެ ނަފްސް ވިއްކައިލުމުން ކިތަންމެ ބައިވަރެއް ލިބުނަސް އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟" 

- އަލަފް

 

މިއަދު އޮންލައިން