ނަމާދުގަ އަތްތިލަ ޤިބުލައަށް ކުރިމަތިކޮށް ކޮނޑާ ހަމައަށް އުފުލަން ޖެހޭ 4 މަޤާމާއި އަތް އުފުލަންވީ ގޮތް!: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނަމާދުގަ އަތްތިލަ ޤިބުލައަށް ކުރިމަތިކޮށް ކޮނޑާ ހަމައަށް އުފުލަން ޖެހޭ 4 މަޤާމާއި އަތް އުފުލަންވީ ގޮތް!: ޝައިޚް މުޙައްމަދު ލަޠީފް

"ނަމާދުގަ އަތް އުފުލަންޖެހޭ މަޤާމްތަކަކީ ކޮބައިތޯ؟" 

ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ދަންނަވަންއޮތީ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. 

ނަމާދުގައި ނަމާދުގަ އަތްތިލައިގެ ހުދުފުށް ޤިބުލައަށް ކުރިމަތިކޮށް ކޮނޑާއި ހަމައަށް ނުވަތަ ދެކަންފަތުގެ ފޫޅާއި ހަމައަށް އުފުލަން ޖެހޭ 4 މަޤާމެއް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މިގޮތަށް އަތްތިލަ އުފުލާއިރު އިނގިލިތައް ދުރުކުރުމެއް ކައިރިކުރުމެއްވެސް ނެތެވެ. ޢާންމު ގޮތެއްގައި ހުންނަވަރަށް ބަހައްޓާށެވެ. 

ފުރަތަމަ މަޤާމަކީ ޙަރަމްބަންނައިރެވެ. 

ދުވަނަ މަޤާމަކީ ރުކޫޢަށް ދިއުމެވެ. ރުކޫޢަށް ދާނީ ޙަރަމް މޮހެލައި އެފަދައިން އަތް އުފުލައިލުމަށްފަހުގައެވެ. 

ތިން ވަނަ މަޤާމަކީ ރުކޫޢުން ތެދުވާ ވަގުތެވެ. ރުކޫޢުން ތެދުވާއިރުވެސް އަތް ތރިކޮށް ދޫކޮށްލަން ވާނީ ހަމަ އެގޮތަށް ދެއަތް އުފުލައިލުމަށް ފަހުގައެވެ. 

4 ވަނަ މަޤާމަކީ މެދު އައްތަޙިއްޔާތު ކިޔައި 3 ވަނަ ރަކްޢަތަށް ތެދުވާއިރުއެވެ. 3 ވަނަ ރަކްޢަތުގެ ޙަރަމް ބަންނަން ވާނީ ހަމަ އެފަދައިން ދެއަތްތިލަ ޤިބްލައަށް ކުރިމަތިކޮށް ދެކޮޑާއި ހަމައަށް ނުވަތަ ދެކަންފަތުގެ ފޫޅާއި ހަމައަށް އުފުލައިލުމަށްފަހުގައެވެ.

މިގޮތަށް އަތް އުފުލުމަކީ މުޞްތަޙައްބު ކަމެކެވެ. ރަސޫލް () ނަމާދު ކުރެއްވެވީ މިގޮތަށެވެ. މިގޮތަށް ޢަމަލުކުރައްވަވައި ނަމާދު ކުރެއްވެވުމަށްފަހު ޞަޙާބީންނަށް ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަންކަލޭގެފާނު ނަމާދު ކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ކުރާ ނަމާދު ނަމާދަކަށް ވާނީ ރަސޫލް () ދަސްކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ.

 

- ޝައިޚް މުޙައްމަދު ލަޠީފް

 

 

މިއަދު އޮންލައިން