ކިތަންމެ ކުޑަ ބައްދަލުވުމެއްގަ ނަމަވެސް ﷲ ހަނދުމަ ނުކުރުމަކީ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކިތަންމެ ކުޑަ ބައްދަލުވުމެއްގަ ނަމަވެސް ﷲ ހަނދުމަ ނުކުރުމަކީ ބިރުހުރި ކަމެއް!

ކޮފީ މޭޒެއްގެ ކައިރީގައި ނަމަވެސް ގޭތެރޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެއްވެސް ވަރެއްގެ ބައްދަލުވުމެއް ބާއްވާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް، ރަސޫލް () ޞަލަވާތް ނުކިޔަވައި ނުފަށާށެވެ. ބައްދަލުވުން ނިންމައިލުމުގެ ކުރިން އެކަންކަން ކުރަން ހަނދާންކުރަން ޖެހޭނެއެވެ. 

ކިތަންމެ ކުޑަ ބައްދަލުވުމެއްގައި ނަމަވެސް ﷲ ތަޢާލާގެމަތިން ހަނދާންނުކުރާނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭ ކަމަކަށްވެދާނެއެވެ. އެހެނީ އެއީ އެކަމުގެ ސަބަބުން އެބައަކަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވައިފާނެ ކަމެކެވެ. 

Abu Hurairah [may Allah be pleased with him] narrated that :

the Prophet said: “No group gather in a sitting in which they do not remember Allah, nor sent Salat upon their Prophet, except it will be a source of remorse for them. If He wills, He will punish the, and if He wills, He will forgive them.”

Source: Sunan al-Tirmidhī 3380

Grade: Sahih (authentic) according to Al-Albani 

މިޙަދީޘްފުޅުން އެނގެނީ ބައްދަލުވުމުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާނަމަ، ރަސޫލް () އަށް ޞަލަވާތް ނުކިޔަވާނަމަ އެބައަކަށް ﷲ ތަޢާލާގެ  ރުހިވޮޑިގަތުން ނުލިބޭނެކަން ނުވަތަ ކޯފާވެވޮޑިގަތުން ލިބިދާނެ ކަމެވެ. އެކަމަށްޓަކައި ހިތާމަކުރަން ޖެހިދާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން