ޙަޤީޤީ ޙާދިސާ: އަނބިމީހާ ފިރިމީހާގެ ބޮސް އާއިގުޅި ރޭކުރާކަން ފަޅާއެރުމުން ބޮސްގެ ތަނަވަސް އަނބިމީހާ އާއި އޭނާގެ ތަނަވަސްކަން ފިރިމީހާއަށް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 33ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާ ފިރިމީހާގެ ބޮސް އާއިގުޅި ރޭކުރާކަން ފަޅާއެރުމުން ބޮސްގެ ތަނަވަސް އަނބިމީހާ އާއި އޭނާގެ ތަނަވަސްކަން ފިރިމީހާއަށް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީ ވަރަށް އާދައިގެ ވަޒިފާއެއްގައި މަސައްކަތްކުރަން ފެށި މީހެކެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ވިޔަފާރިއެއް ކުރުމަކީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެހެންވެ އަބަދުވެސް އައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. 

އެއީ ކައިވެނީގެ 3 ވަނަ އެންވައިޒަރީއެވެ. ދުވަސްޖެހެން ދެދުވަހަށް ކައިރިވިއިރުވެސް އަނބިމީހާ އެދުވަހުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޖެހިގެން އައި ދުވަހަކުވެސް ނުދައްކައެވެ. މީގެ ކުރީގައި އެންވައިޒަރީ މަސްފެށޭއިރަށް އެދުވަހުގެ ވާހަކަތައް ދައްކަން ފަށާނެއެވެ. ދުވަސް ޖެހުމުގެ އެތައް ދުވަހެއްކުރިން އެކަމުގެ ވާހަކަދައްކާނެއެވެ. އެންވައިޒަރީ ފާހަގަކުރަން ކުރާނެ ކަންކަމުގެ ވާހަކަ ދައްކާނެއެވެ. ކުރަންވީ ކަންކަން ރާވާނެއެވެ. 

ކޮންމެވެސް ގޯހެއް ހިނގައިފިކަމަށް ޤަބޫލުކުރެވުނެވެ. އަވަސް އަވަހަށް އޮފީހުން 1 ހަފްތާގެ ޗުއްޓީއެއް ނެގީމެވެ. އަދި ދެދުވަހަކަށް ރަށަށް ގޮސްލަން ޖެހިއްޖެ ކަމަށާއި މެންދުރުގެ ފެރީން ފުރާނެ ވާހަކަވެސް ބުނީމެވެ. 

ދަބަސްހިފައިގެން ގެއިން ނުކުމެގެން ގޮސް އަނބިމީހާއަށް ދޭން ހަދިޔާ އަހަރެންގެ ފެންވަރުން ގަތީމެވެ. ގަނެގެން އެކުވެރިއެއްގެ ގޭގައި އެދުވަހު މަޑުކޮށްފައި ރޭގަނޑު 12 ޖަހަން ކައިރިވުމުން ގެއަށް ދިއައީމެވެ. ދިރިއުޅޭ އެޕާޓްމަންޓް ދޮރުމައްޗަށް އެރުނުއިރު ބޮސްގެ އަނބިމީހާ އެތަނުގައި ހުއްޓެވެ. "މެޑަމް" އެތަނުގައި ހުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އަޅުގަނޑާއި އަދި މީހާ އާއި ބައްދަލުކޮށްލަން ބޭނުންވެގެން ކަމަށެވެ. 

ގޭގެ ދޮރު ހުޅުވައި މެޑަމް ވެއްދީމެވެ. އަނބިމީހާއަށް ގޮވަންވެގެން ކޮޓަރިއަށް ގޮސް ދޮރުހުޅުވަންބެލިއިރު ދޮރުހުރީ ތަޅުނުލައެވެ. ދޮރުހުޅުވާލެވުމުން ދިއައީ ސިއްސައިގެންނެވެ. އަނބިމީހާ އާއި ބޮސް ލޯބިކުރަނީއެވެ. "މިއީ ކޮންކަމެއްހޭ" ކިޔައި ބާރަށް ހަޅޭއްލައްވައިގަނެވުނެވެ. 

އެއަޑަށް ބޮސްގެ އަނބިމީހާ އަތުވެއްޖެއެވެ. އައިސް ފާރުގައި ލެގިގެން އެތެރެއަށް ނުފެންނަ ގޮތަށް ހުއްޓިއްޖެއެވެ. އަނބިމީހާ ލަދެއްވެސް ނުގަތެވެ. ބުނީ އެއީ އަޅުގަނޑަށް ޕަރަމޯޝަން ހިންގާ ކަމެއް ކަމަށާއި ދެމީހުންގެ ގުޅުމަށް މިހާރު އަހަރަކަށްވުރެ ގިނަވެއްޖެކަމަށެވެ. ވީމާ ރުޅި ނައުމަށެވެ. ބޮސް ބުނީ އަހަރެންނަށް ދިން ދެ ޕްރަމޯޝަންވެސް ދިނީ އެހެންވެގެން ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "ތިއަހަދަނީ ބޮޑު ދޮގެކެވެ. އަހަރެންނަށް ޕްރަމޯޝަން ލިބުނީ އަހަރެންގެ ޕަރފޯރމޭންސް މަތިވުމުންނެވެ." އެހިސާބުން އަނބިމީހާ ދައްކަން ފެށީ ބޮސް އަހަރެމެންނަށް ފްލެޓެއް ގަނެދޭން އުޅޭ ވާހަކައާއި އެއިރުން ކުއްޔަށް އުޅެން ނުޖެހޭނެ ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "ބޮސްގަނެދޭ ފްލެޓުގައި ކަލެއާއި ބޮސް ދިރިއުޅެން އަވަހަސްދާށެވެ. މިތަނުން ހަމަމިހާރުނުކުމެގެންދާށެވެ. ގޮސް ބޮސްގެ ގޭގައި އުޅުނަސް އަހަރެންގެ މައްސަލައެއް ނެތެވެ. 

މިހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރެފައި ބޮސްގެ އަނބިމީހާ ކޮޓަރިއަށް ވަނުމުން ބޮސްދިއައީ ވިރިގެންނެވެ. ނޫޑްލްސްގެ ތެރެއަށް ހޫނުފެން އަޅައިލީމާ ނޫނީ ފެންތަށްޓަކަށް ފާރޮށިކިބައެއް ލީމާ ވެގެންދާގޮތް ވީހެންނެވެ. ބޮސް ބުނީ އަހަރެމެން ދެމީހުން ކަމެއް ރޭވީ ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "އަހަރެންނަކީ ކަންކަން ސިއްރުން ރާވާ ވަގެއް ނޫނެވެ. އަހަރެން އައީ އެންވައިޒަރީ ހަދިޔާ ހިފައިގެން އަނބިމީހާއަށް ސަރޕްރައިޒެއް ދޭށެވެ. އައިއިރު މެޑަމް ދޮރުމަތީގައި ހުރުމުން ގެއަށް ވެއްދީއެވެ. 

އެވަގުތު މެޑަމް ބުންޏެވެ. "ކޮންމެ މީހަކު ކޮންމެ ކަމެއް ރޭވިނަމަވެސް މައްސަލައަކީ ރޭވިރޭވުމެއް ނޫނެއް ނޫންހެއްޔެވެ؟ ކުރަމުން ތިއަ އަންނަ ނުބައި އަމަލު ނޫންހެއްޔެވެ؟ އަހަރެން މިރޭ މިތަނަށް މިއައީ ލައްކަ ދުވަހު ކެތްކޮށްފައެވެ. ބަލަ މިއީ ޢަބްދުއްރަޙީމްބެގެ ޢިމާރާތެއްކަން ކަލެއަށް ނުއެނގެނީހެއްޔެވެ؟ މިގެއަށް ވަދެނުކުމެވާ މީހުން ކެމެރާއަށް އަރާކަންވެސް ނުއެނގެނީހެއްޔެވެ؟ ދެން މައްސަލައެއް ނެތެވެ. ކަލޭގެ އަތުގައި އޮތް ކާރުގެ ތަޅުދަނޑިއާއި އޮފީސް ތަޅުދަނޑިފަތިދޭށެވެ." 

އެއްއެއްޗެތި ދިނުމުން ރޮއި އާދޭސްކުރަމުން ދަނިކޮށް ފޯނުވެސް އަތުލިއެވެ. ވޮލެޓްގައި ހުރި ކޭޝް ކާޑުތައްވެސް އަތުލިއެވެ. އަތުލާފައި ބުނީ ފޯނުން ބޭންކް އެކައުންޓްތަކަށް ނުވަދެވޭނެ ގޮތް ހަދާފައި މާދަމާ އަނބުރާ ފޯނު ދޭނެކަމަށާއި މެންދުރު 12 ޖަހާއިރު ފޯނު ބަލާއައުމަށެވެ. 

އަޅުގަނޑު ގާތު ބުނީ ދެމީހުން ވަގުތުން ފްލެޓުން ނެރުމަށާއި ޗުއްޓީ ދޫކޮށްލައި މާދަމާ އޮފީހަށް ނުކުތުމަށެވެ. އެހެން ބުނެފައި މެޑަމް ނުކުމެގެން ދިއައީއެވެ. 

އަނެއްދުވަހު އޮފީހަށް ދިއައިރު މެޑަމް އިނީ ކުރިއާލައި އޮފީހަށް ގޮސް ބޮސްގެ ގޮނޑީގައެވެ. މެޑަމް ބުނީ ކުންފުންޏަކީ މެޑަމްގެ މައިންބަފައިން އޭނާއަށް ދީފައިވާ ފައިސާގައި ހިންގާ ކުންފުންޏެއް ކަމަށެވެ. ފިރިމީހާ ގާތުން ވަރިވާނެ ކަމަށާއި ދެން އޮފީހަށް ނުވަދެވޭނެ ކަމަށެވެ. 

އަޅުގަނޑުގެ މޭޒު މެޑަމްގެ ކޮޓަރިއަށް ބަދަލުކުރިއެވެ. ގިނަ މަސައްކަތްތަކެއް އަޅުގަނޑާއި ޙަވާލުކުރިއެވެ. ކުރުކޮށް ބުނާނަމަ މެދަމް އަންގާ ގޮތަށް ކުންފުނި ހިންގުމުގެ ހުރިހާ މަސައްކަތެކެވެ. މަސައްކަތުގައި އަޅުގަނޑު ތެދުވެރިވީމެވެ. 

ނަތީޖާއެއްގެ ގޮތުން ހަފްތާއެއްހައި ދުވަސްފަހުން މެޑަމް އޮފީހަކަށް ނައުދެއެވެ. މުޢާމަލާތުކުރަނީ ފޯނުންނެވެ. 6 މަސްދުވަސްފަހުން އެއްދުވަހު ގުޅާފައި އެރޭ އެގެއަށްދާން ބުނުމުން ދިއައިމެވެ. ދިއުމުން މެޑަމް ބުނީ އަޅުގަނޑަށްވުރެ މެޑަމް 5 އަހަރު ދޮށިކަން އެނގޭ ކަމަށާއި ބަލާލަން ސިފަ ރީތި ނޫންކަންވެސް އެނގޭކަމަށާއި ނަމަވެސް އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. 

މެޑަމް އެހެން ބުނުމުން މެޑަމްގެ ދޮށިކަމަށާއި ސިފައަކަށް ނުބަލަމެވެ. ވަގުތުން ކައިވެނިކުރަން އެއްބަސްވީމެވެ. މީހުން ބުނާނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އުމުރުން ހަގު ސިފަރީތި ކުއްޖަކާއި ކައިވެނިކުރުމުން ކުރަންޖެހުނު ހިތި ތަޖުރިބާއެވެ. 

ކައިވެނީގައި މިހާރު 8 އަހަރުވީއެވެ. ﷲ ވާގިފުޅާއިއެކު ދެމީހުންވެސް ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް ލޯބިންނެވެ. ވަރަށް ހިތްހަަމޖެހިގެން އުފަލުގައެވެ. މިއަދުނޫހުގެ ކިޔުންތެރިން ފާޑުވިދާޅުވާށެވެ. ޙަޤީޤަތް މިކިޔައިދިނީއެވެ.  

 

- އިރުޝާދު / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން