މުސްލިމުންނަކީ ގޮތް ހުސްވާނެ ބައެއް ނޫން! ގޮތް ހުސްވެއްޖެކަމަށް ވިސްނިއްޖެނަމަ އަވަހަށް އިބިލީސް ފައްސައިލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މުސްލިމުންނަކީ ގޮތް ހުސްވާނެ ބައެއް ނޫން! ގޮތް ހުސްވެއްޖެކަމަށް ވިސްނިއްޖެނަމަ އަވަހަށް އިބިލީސް ފައްސައިލާ!: މުފްތީ މެންކް

މިއަދު އެންމެ ގިނަ ބައަކު އަޅުކަން ކުރަން ކަންނެތްވަނީ ވެސް ދިރިއުޅުމުގައި މައްސަލަތައް ގިނަވެ ކަންބޮޑުވާންޖެހޭ ކަންކަން ގިނަވުމުންނެވެ. އެހެން އެވަނީ އިބިލީހުގެ ބަސް ޤަބޫލުކުރެވޭތީއެވެ. ކަންބޮޑުވާން ޖެހޭ ކަންކަން ގިނަވާވަރަކަށް ނިކަން ﷲ ތައާލާ އާއި ކުއްތަންވުން އިތުރުކޮށްބަލާށެވެ! އެކަލާނގެ އަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާއިއެކު ދުޢާކުރުން ގިނަކޮށް އެކަލާނގެ ހަޟްރަތުން ވާގިއެދިބަލާށެވެ! ކަންބޮޑުވާން ޖެހުނު މައްސަލަތައް ތިބާއަށް ހީވެސް ނުކުރެވޭހައި ފަސޭހައިން ޙައްލުކުރެވި ފިލައިގެން ހިނގައިދާނެއެވެ!  

އިބިލީސް އަބަދުވެސް އެންމެ ބޮޑަށް ފާރަލާނީ ތިބާއަށް ކަންބޮޑުވުމެއް ކުރިމަތިވާ ވަގުތަކަށެވެ. އެއްވެސް ކަމަކާއި ގުޅިގެން "މިހާރު މިވަނީ ގޮތް ހުސްވެފައެވެ. އިތުރު ގޮތެއް ނެތެވެ!" ހިތަށް އަރައިފިނަމަ އަވަހަށް އަޢޫޛް ކިޔައި އިބިލީސް ފައްސައިލާށެވެ!  

ގޮތް ހުސްވާނީ އިބިލީހަށެވެ! ﷲ ތަޢާލާއަށް ފަހިކޮށް ނުދެއްވެވޭނެ ހަމަ އެއްވެސް ކަމެއް ނުވެއެވެ! ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ގޮތް ހުސްވެ މަގުމައްޗަށް ނުކުމެ ނީލަން ކިޔެބް ޖެހޭ ބައެއް ނޫނެވެ!  

- މުފްތީ މެންކުގެ ދަރުހަކުން

 

މިއަދު އޮންލައިން