ޢަދާލަތު ޕާޓީން އެދޭ ހުރިހާކަމެއް ރައީސް ޞާލިޙް ކޮށްދެއްވަމުން ގެންދަވާކަމަށް ބުނަމުން ރައީސް ޞާލިޙްގެ ޚިދުމަތާމެދު ޝައިޚް އިމްރާން ސުވާލު އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޢަދާލަތު ޕާޓީން އެދޭ ހުރިހާކަމެއް ރައީސް ޞާލިޙް ކޮށްދެއްވަމުން ގެންދަވާކަމަށް ބުނަމުން ރައީސް ޞާލިޙްގެ ޚިދުމަތާމެދު ޝައިޚް އިމްރާން ސުވާލު އުފައްދައިފި

"ރައީސަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރުން ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުކުރެވޭނެއެވެ. އެހެންމެ ސަރުކާރުގަ ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅުވެގެން މެނުވީ ޤައުމޫ ރަނގަޅެއް ނުކުރެވޭނެ!": ޝައިޚް އިމްރާން 

ޢަދާލަތު ޕާޓީން މިހައިތަނަށް ބުނަމުން އައީ އެޕާޓީން އެދޭހައި ކަމެއް ރައީސް ޞާލިޙް ކޮށްދެއްވަވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ ގިނަ ބައަކު ޤަބޫލުކޮށްގެން މިތިބެނީ ރާއްޖޭގައި ހިންގަމުން މިގެންދާ، ޚާއްޞަކޮށް ސަރުކާރުގެތެރެއިން ހިންގާ މުންކަރާތްތައް ނުހުއްޓުވިގެން މިއުޅެނީ އެކަނަކަން ހުއްޓުވަން އަދާލަތު ޕާޓީން ރައީސް ޞާލިޙް އަރިއަހުގައި ނުދަންނަވާތީ ނުވަތަ ނުއެދޭ ކަމަށެވެ. 

އެގޮތަށް އެކަން ޤަބޫލުކުރާ މީހުންނަށް އެކަން އެހާފަސޭހައިން ޤަބޫލުކުރެވެނީ އަދާލަތު ޕާޓީން ހިންގާ އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ، ރާއްޖޭގައި ހިންގާ ޝިރުކުރުމާއި މުންކަރާތްތަކަށް ނިދާފައި އޮންނާތީއެވެ! 

މިއަދު އޮންލައިން