ޝައިޚް އިމްރާނު ނުކުމެވަޑައިގަތީ އަންހެނުން ހަށިވިއްކުން ހުއްޓުވަން- އިތުރުވެ ރެކޯޑް ހެދީ ފިރިހެނުން ވެސް ހަށިވިއްކުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޝައިޚް އިމްރާނު ނުކުމެވަޑައިގަތީ އަންހެނުން ހަށިވިއްކުން ހުއްޓުވަން- އިތުރުވެ ރެކޯޑް ހެދީ ފިރިހެނުން ވެސް ހަށިވިއްކުމުން!

ކޮންމެހެން ފާހަގަކުރަންޖެހޭ ކަމެއް: 

2011 ވަނަ އަހަރު ސިއްރުން އަންހެނުން ފިރިހެނުންނަށް ހަށިވއްކާތީ ކަންބޮޑުވެވަޑައިގެން އެކަންކަން ކުރާ ތަންތަން ވަގުތުން ބަންދުކުރަން ގޮވާލެއްވި ޝައިޚް އިމްރާނަށް ހުރިހާ ބާރުތަކެއް ލިބިވަޑައިގަތީމާ މިފެނުނީ ފިރިހެނުން ފިރިހެނުންނަށް ހަށިވިއްކުމުގެ ރާއްޖޭގެ ރެކޯޑް ހާދިސާ ހިނގިތަނާއި

- ފޭސްބުކުގައި އިޝްތިހާރުކޮށްގެން އެއްޖިންސުން ގުޅުންހިންގުން އިޝްތިހާރުކުރަމުން ގެންދާތަނާއި-

- މަގުމަތީގައި ހަށިވިއްކަން އަންހެނުންތައް ހޭލައި ތިބެގެން ހިނގާތަނާއި

- އެއިރުން ސިއްރުން ހިންގި މަސާޖުޕާލަރުތައް އިޝްތިހާރުކޮށްގެން ހިންގާތަނާ މިފަދަ އެތައް ކަމެކެވެ. 

- މިހުރިހާ ކަންކަންވެސް މިހާރު އެމަނިކުފާނަށް ހަމަ އޯކޭ ނޫންނަމަ އެމަނިކުފާނުގެ ހޯމް މިނިސްޓަރުގައި މިކަންކަން މިހިސާބަށް ފުޅައުކުރެވޭނެ ކަމަށް ޤަބޫލުކުރަން ގިނަބައަކަށް އުނދަގުލެވެ.  

 

މިއަދު އޮންލައިން