"ދިވެހި ރައްޔިތުން ރައީސް ޔާމީނުގެ ސަރުކާރަށް ނޫނެކޭ ބުނެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރު ވޯޓުދިން އެއްސަބަބަކީ މީހުން ފްރޭމްކޮށް ޖަލަށްލުމާއި ވާނުވާ ޖަހާފައި އެތައް ދުވަހަކު ޖަލުބަންދުގައި ބޭތިއްބުން ހުއްޓުވުން. ނަމަވެސް މިއަދު ރައީސް އިބްރާހީމް މުޙައްމަދު ގެ ސަރުކާރުން އެކަންތައް ތަކްރާރު ކުރަންފަށައިފި.
ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ބޮލުގައި ހަމަނުޖެހުން އުފެއްދި އަދި ޓެރަރިޒަމަށް އެހީތެރިވާ ބައެއްކަމަށް ފްރޭމްކޮށްގެން ޖަލުގައި ބަންދުކޮށް އެކަކު މިނިވަންވީމާ އަނެއްކާ ހައްޔަރުކުރަން މަސައްކަތް ފަށައިފި.
މުޖްތަމަޢުގައި ފެތުރިފައިވާ ފާޙިޝް ޢަމަލުތައް ހުއްޓުވުމަށްވުރެ ބޮޑަށް ނުފެންނަ ކަމަށް ހެދިގެން އުޅޭކަހަލަ ގޮތަކަށް ޢަމަލުތައް ފެންނަނީ. މިކަންތައްތައް ރަގަޅުނުކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުން ރަގަޅު ނޫންކަން ވަރަށް އަދަބުވެރިކަމާއި އެކު ރައީސް ޞާލިޙަށް ދަންނަވަން!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް