ހަސަދަވެރިންނަށް ތިބާއަށް ގެއްލުން ދެވޭނީ ގެއްލުންދިނުމުގެ ފުރުޞަތު ދެވޭތީ! އެ ފުރުޞަތު ނުދޭން ސަމާލުކަންދޭންވީ ބައެއް ކަންކަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަސަދަވެރިންނަށް ތިބާއަށް ގެއްލުން ދެވޭނީ ގެއްލުންދިނުމުގެ ފުރުޞަތު ދެވޭތީ! އެ ފުރުޞަތު ނުދޭން ސަމާލުކަންދޭންވީ ބައެއް ކަންކަން!: މުފްތީ މެންކް

"ތިބާގެ ހިތަށް އަނިޔާވާނެ ކަންކަން ކޮށް، ތިބާ ބަދުނާމުކޮށް ފަޟީޙަތްކޮށް ތިބާގެ ހިތްވަރު އެލުވާލަން މަސައްކަތްކުރާ ބައަކު އަބަދުވެސް ތިބޭނެއެވެ. ތިބާއަކީ ރަނގަޅު ނޫން މީހެއްގެ ގޮތުގައި މީސްތަކުންނަށް ވިސްނައިދިނުމަށްވެސް އެފަދަ މީހުން މަސައްކަތްކުރާނެއެވެ!

އެހެންނަމަވެސް އެމީހުންނަށް އެކަންކަން ޙާޞިލުކުރެވޭނީ އެކަމުގައި ތިބާ ޢަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެކަން ކުރުމުގެ ބާރު ތިބާ ނުދޭނަމަ އެމީހުންނަކަށް އެއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެމީހުންނަށް އެކަން ކުރުމުގެ ފުރުޞަތު ނުދޭށެވެ!"

މުފްތީ މެންކް

މުފްތީ މެންކް ވިދާޅުވެފައިވާ މި ބަސްފުޅުން ޢިބްރަތް ޙާޞިލުކުރަން ޖެހޭ ދެ ކަމެއް ވެއެވެ.

ފުރަތަމަ ކަމަކީ ތިބާގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަ ނުކުރުމެވެ. އެކަމެއް މީހުންނަށް އެނގުމުން ތިބާ ދެރަވާން ޖެހޭނެ އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުދައްކާށެވެ! ތިބާގެ ސިއްރުތައް ވަރުގަދައަށް ހިފަހައްޓާށެވެ!

ބަސް ނުބުނާހައި ހިނދަކު ބަހަކީ ތިބާގެ އަޅެކެވެ. ބަސް ބުނުމަށްފަހު ތިބާއަކީ އެ ބުނެވުނު ބަހުގެ އަޅެކެވެ. ބުނެވޭ ސިއްރުގެ ސަބަބުން އެހެން މީހުންގެ އަޅުންނަށް ވާންޖެހެނީ އެ ސަބަބަށްޓަކައެވެ.

ދެވަނަ ކަމަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް އަމަލެއް ނުކުރުމެވެ. ސިއްރުގައި ނަމަވެސްމެއެވެ. ކިތަންމެ ސިއްރުން ކުރަން އުޅުނު ނަމަވެސް ހީވެސް ނުކުރެވޭހައި ގޮތަކުން އެކަން ހާމަވެދާނެއެވެ. އެއިރުން ހަސަދަވެރިންނަށް އެކަމުގެ ވާހަކަތައް ދައްކަން ފުރުޞަތު ލިބޭނެއެވެ! އެއްވެސް ނުބައި ކަމެއް ނުކުރާނަމަ ކުރިކަމަކަށް ނުދެއްކޭނެއެވެ. ފަތުރަން ޖެހޭނީ ދޮގެވެ.

މުފްތީ މެންކް ބާރު އަޅުއްވާފައި އެވަނީ މި ކަންކަމަށް ވިސްނުމަށެވެ!

މިއަދު އޮންލައިން