ރަސޫލް ޞޢވ, ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަސޫލް ޞޢވ, ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅު!

ރަސޫލް (ޞޢވ) ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅު!  

"ކޮންމެ ތަނެއްގައި ހުރިނަމަ ﷲ ގެ މަތިން ހަނދުމަކުރާށެވެ!

ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން ހެޔޮ އަމަލެއްކޮށް ފާފަ ފުހެލާށެވެ!

ރިވެތި އަޚްލާޤާއިއެކު މީސްތަކުންނާއި ކުރިމަތިލާށެވެ!"

ފުރަތަމަ އެއޮތީ ކޮންމެ ތަނެއްގައި ހުރިނަމަވެސް އަބަދުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. އެއީ ކުރަން ކިހައި ފަސޭހަކަމެއްހެއްޔެވެ؟ އެހެނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭ މީހަކަށް ފާފައަކަށް އަރައިގަނެވުން ވަރަށް މަދުވާނެއެވެ. ޖުމުލަކޮށް ބުނާނަމަ ފާފަކުރުމުން ސަލާމަތްވެވޭނެއެވެ. ދުރުހެލިވެވޭނެއެވެ. 

ދެން އެއޮތީ " ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން ހެޔޮ އަމަލެއްކޮށް ފާފަ ފުހެލާށެވެ!" މިއީ ވެސް ހަމަ އެހާ ފަސޭހައިން ކޮށްލެވެން އޮތް ކަމެކެވެ. މިސާލަކަށް އިންސާނުން ކަމުގައިވީތީ ފާފައެއް ކުރެވުނީއެވެ. ވިއްދައިގެން ހެޔޮކަމެއް ކޮށްލާށެވެ. 2 ރަކްޢަތް ނަމާދެއް ނަމަވެސް ނަމާދެއްކޮށްލުން. އިސްތިޣްފާރުކުރުން، ޞަދަޤާތެއްކޮށްލުން ފަދަ ކޮންމެވެސް ހެޔޮ ޢަމަލެއް ކޮށްލާށެވެ.  

ދެން މިއޮތީ "ރިވެތި އަޚްލާޤާއިއެކު މީސްތަކުންނާއި ކުރިމަތިލާށެވެ!" މިއީ ހަމައެކަނި މުސްލިމަކަށްވީތީވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އިންސާނަކަށްވީތީ ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ މީހަކާއި ބައްދަލުވާއިރުވެސް އެކަންކުރަންވާނީ ރިވެތިއަޚްލާޤާއިއެކުގައެވެ. އެއީ، ފިރިން، އަނބިން، ދަރިން، މައިންބަފައިން، ޢާއިލާގެ މީހުން އަދި ކިތަންމެ ދުރު މީހަކު ކަމުގައިވީނަމަވެސްމެއެވެ. އެއިރުން އެމީހަކަށް އެކަމުން ހުރިހާ ގޮތަކުންވެސް މަންފާ ކުރާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން