ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށްވުމަށް ޖިހާދުކުރަން ހުރި މަގުތައް ވަރަށް މަދުވެއްޖެ ކަމަށް ބުނާ މީހުންނަށް: މިއޮތީވެސް އެކަމަށް އޮތް ވަރަށް ފަސޭހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށްވުމަށް ޖިހާދުކުރަން ހުރި މަގުތައް ވަރަށް މަދުވެއްޖެ ކަމަށް ބުނާ މީހުންނަށް: މިއޮތީވެސް އެކަމަށް އޮތް ވަރަށް ފަސޭހަ މަގެއް!

ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރާ މުޖާހިދަކަށް ވުމަށްޓަކައި ޖިހާދުކުރަން ހުރި މަގުތައް ވަރަށް މަދުވެއްޖެ ކަމަށް ބުނާ މީހުން ދަނީ ގިނަވަމުންނެވެ. ހިތާމައަކީ ކަން އޮތް ގޮތާއިމެދު އެމީހުން ވިސްނައި ނުލާކަމެވެ! ޙަޤީޤަތް އޮޅުން ނުފިލުވައި ތިބެގެން ވާހަކަތައް ދައްކާ ކަމެވެ. 

މި ޙަދީޘްފުޅަށް ބައްލަވާށެވެ! 

Prophet Muhammad () said:

"The one who looks after a widow or a poor person is like a Mujahid (warrior) who fights for Allah's Cause, or like him who performs prayers all the night and fasts all the day."

Sahih al-Bukhari 5353 

މިޙަދީޘްފުޅުން އެއްވެސް ޝައްކެއް ނެތި އެނގެން މިއޮތީ ހުވަފަތް ނުވަތަ ފަޤީރު އަންހެނަކަށް އެހީތެރިވެ ބަލަހައްޓައި ދިނުމަކީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ މަތިވެރި ޘަވާބު ދެއްވަވާނެ ކަމެއް ކަމެވެ. އަދި މުޅި ޜޭގަނޑު ރޭ އަޅުކަން ކުރުމާއި ހުރިހާ ދުވަހަކު ރޯދައަށް ހުރުން ފަދަ ވެސް މަތިވެރި ކަމެއް ކަމެވެ. 

ގިނަފަންގިފިލާތަކަށް ގެތައް އުފުލައިގެން އުޅޭ މީހުން ކޮންމެ ބުރިއެއްގައި ނޯކަރަށް ކޮޓަރި ހަދާ އުޞޫލުން ނަމަވެސް ކޮޓަރިއެއް ހަދައި ހުވަފަތް އަންހެނަކު ނުވަތަ ފަޤީރު އަންހެނަކު ގެންގުޅެން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ 

އެހައިވަރުގެ ތަނަވަސްކަން ނެތް މީހުންނަށް އެމީހުންގެ އަމިއްލަ ގޭގައި ނުބެއިތިއްބުނު ނަމަވެސް ހުވަފަތް އަންހެނުންނާއި ފަޤީރުން ތިބި ތަނެއްގައި ބައިތިއްބައިގެން އެހީތެރިވެދިނުން ކީހެއްޔެވެ؟ 

މާލީ ގޮތުން އެހީތެރިވުމުގެ ތަނަވަސްކަން ނެތް މީހުން، އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދީގެންވެސް އެހީތެރިވެދިނުން ކީއްހެއްޔެވެ؟ 

މިހިރީ ހައްތާވެސް ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރާ މީހަކަށް ވުމަށް ހުރި ވަރަށް ފަސޭހަ މަގުތަކެވެ. އޮތީ ހިތްވަރުކުރަން ކެރުނު ވަރެއް ނޫން ހެއްޔެވެ؟ ދުނިޔޭގައި ހުރެވޭ މަދު ދުވަސްކޮޅުގައި ފުރުޞަތުގެ ބޭނުން ހިފާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން