ދީނީ ކަންކަމުގަ ބަސްބުނުމުގެ ހުއްދަނެތި، ޙައްޤާ ބާޠިލް އޮޅޭފަދަ ގޮތަކަށް ރައީސް ނަޝީދު ޢަމަލުކުރައްވާފައިވާތީ އެކަމަށް ފިޔަވަޅު އަޅަން ޑރ. އިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދީނީ ކަންކަމުގަ ބަސްބުނުމުގެ ހުއްދަނެތި، ޙައްޤާ ބާޠިލް އޮޅޭފަދަ ގޮތަކަށް ރައީސް ނަޝީދު ޢަމަލުކުރައްވާފައިވާތީ އެކަމަށް ފިޔަވަޅު އަޅަން ޑރ. އިޔާޟް ގޮވާލައްވައިފި

"ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައީސް މުޙައްމަދު ނަޝީދު ޢަމަލުކުރައްވާފައިވާތީ އެކަމުގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. އިޔާޟްގެ މިގޮވާލެއްވުން ޓެގްކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީއަށެވެ.  

ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެދަށުން އިސްލާމް ދީނުގެ ކަންކަމުގައި ފަތުވާނެރުމަކީ އިސްލާމިކް މިނިސްޓްރީން ހުއްދަދޭ ދީނީ ޢިލްމުވެރިންނަށް ކުރަން ހުއްދަ އޮންނަ ކަމެކެވެ.  

"ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖުމާޢުއެއް ނެތް. ވަކިބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި."

- ރައީސް ނަޝީދު  

މިއީ ޔާގާގެ މައްސަލައިގައި ދީނީ ޢިލްމުވެރިން ދެއްވަމުން ގެންދަވާ ފަތުވާތަކަށް ގޮންޖައްސަވައި ޝިރުކު ފަތުރަން ބާރުއެލޭ ގޮތަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ބަސްފުޅެއްކަން ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.  

އިސްލާމިކް މިނިސްޓަރަކީ މަޖިލީސް ދެކެ އިންތިހާއަށް ބިރުގަންނަ މިނިސްޓަރެއްކަން ކޮވިޑްތެރޭގައި ވަނީ ފާހަގަކުރެވިފައެވެ.  

މިއަދު އޮންލައިން