ލޯތްބާ ރުޅިވެރިކަމާ ދެކަން ހިތުގަ ގެންގުޅޭނަމަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ގިނަވާނެ! ޙައްލުކުރަންވެސް އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލޯތްބާ ރުޅިވެރިކަމާ ދެކަން ހިތުގަ ގެންގުޅޭނަމަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ގިނަވާނެ! ޙައްލުކުރަންވެސް އުނދަގޫވާނެ!

ޕެޓްރޯލާ އަލިފާނާއެއްނުކުރެވޭނެ ފަދައިން ލޯތްބާއި ރުޅިވެރިކަމަކީ ދުވަހަކުވެސް އެއްކުރެވޭނެ ދެކަމެއް ނޫނެވެ! ވީމާ ހިތުގައި 2 ކަންތައް ބޭއްވުމުން އަބަދުވެސް ހިތުތެރޭގައި އެކަތި އަނެކައްޗަށް ޒުވާބުކުރާނެއެވެ. ތަޅައިފޮޅާނެއެވެ. އެކަމުގެ ސަބަބުން އިންސާނާއަށް އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ. 

ދެމަފިރިންގެ މެދުގައި އެންމެ ގިނައިން މައްސަލަ ޖެހޭ އެއް ސަބަބަކީ ބައިވެރިޔާގެ މައްޗަށް ލޯތްބާއި ރުޅިވެރިކަމާއި 2 ކަންތައް އެކުގައި ހިތުގައި ބާއްވައިގެން ދިރިއުޅެން މަސައްކަތްކުރާތީއެވެ! އެއީ ހަމަ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ! 

ޞިއްހީ ގޮތުން ބަލާނަމަ ލޭމައްޗަށްދާނެއެވެ. ރުޅިގަދަވެވޭތީ އެކަމުގެ ސަބަބުތައް ނާރުތައް ދާނީ ބަލިކަށިވަމުންނެވެ! ދުނިޔެ މަތިންނާއި ދިރިއުޅުންމަތިން މާޔޫސްވެ ނަފްސާނީ މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ! 

މީގެ އިތުރުން ފަސޭހައިން ހަނދާން ނެތުމުގެ މައްސަލަތައް ވެސް ކުރިމަތިވާނެއެވެ. ނަމާދުގައި ދޭންޖެހޭ ސަމާލުކަންވެސް ނުދެވޭ ހާލަތަށް ކަންކަން ދާނެއެވެ. މިއީ ހަމަ އެންމެންވެސް މިކަމުގައި ކުރަމުންދާ ތަޖުރިބާއެވެ! 

ޙައްލު: 

މިކަމުގެ ޙައްލަކީ ރުޅި އަންނަން ޖެހޭ ކަމެއް މެދުވެރިވި ނަމަވެސް އެކަމަކަށް މަޝްވަރާކޮށް އަވަހަށް މައްސަލަ ޙައްލުކުރުމެވެ. އެކަންތައް ދާއިމީ ކަމެއްގެ ގޮތުގައި ހިތުގައި ނުބޭއްވުމެވެ! ކުށް ޤަބޫލުކުރުމާއި މާފަށް އެދުމާއި މާފުކުރުމުގެ ރިވެތި އުޞޫލަށް ދެމަފިރިންވެސް ޢަމަލުކުރުމެވެ! 

ލޯތްބާ ރުޅިވެރިކަން އެއް ހިތެއްގައި ގެންގުޅެން އުޅޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެ މީހާ ދާނީ ބަލިކަށިވަމުންނެވެ! ރުޅިވެރިކަން ނުބާއްވައި ލޯބިން ހިތްފުރާލުމަކީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމުގެ އެންމެ މުހިންމު އަސާސެވެ! 

މިއަދު އޮންލައިން