ދީނުގަ ކުރަން ނުޖެހޭ ކަންކަން ނުކުރުމުންނާ ކުރަން ޤުރްއާނުގަ އަންގަވާފައިވާ ކަންކަން ކުރަން ނަޞޭޙަތްތެރިވުމުން ޖަލަށްލާ އަނިޔާކުރާ މީހުންގެ ދީނީ ފަތުވާ ޤަބޫލުކުރަން ހެޔޮވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދީނުގަ ކުރަން ނުޖެހޭ ކަންކަން ނުކުރުމުންނާ ކުރަން ޤުރްއާނުގަ އަންގަވާފައިވާ ކަންކަން ކުރަން ނަޞޭޙަތްތެރިވުމުން ޖަލަށްލާ އަނިޔާކުރާ މީހުންގެ ދީނީ ފަތުވާ ޤަބޫލުކުރަން ހެޔޮވާނެތޯ؟

ދީނުގަ ކުރަން ނުޖެހޭ ކަންކަން ނުކުރުމުންނާ ކުރަން ޤުރްއާނުގަ އަންގަވާފައިވާ ކަންކަން ކުރަން ނަޞޭޙަތްތެރިވުމުން އެމީހެއްގެ ވެރިކަމުގަ ޖަލަށްލާ އަނިޔާކުރާ މީހުންގެ ދީނީ ފަތުވާ ޤަބޫލުކުރަން ހެޔޮވާނެތޯ؟

މިއީ މިއަދު ރާއްޖޭގައި ފަތުވާދެއްވާ ބައެއް ޢިލްމުވެރިންނާއިމެދު ވިސްނާލަންޖެހިފައިވާ ސުވާލެކެވެ.

ރައީސް މައުމޫނުގެ މުޅިވެރިކަން ދުއްވައިލީ (ކުޑަދުވަސްކޮޅަކަށް ފިޔަވައި) ފަތިސްނަމާދުގައި ޤުނޫތު ނުކިޔާ މީހުންނާއި ޤުރްއާނުގަ އޮތް މިންވަރަށް އަންހެން ބޭފުޅުންގެ އަޢުރަ ނިވާކުރަން ނަޞޭޙަތް ދޭ މީހުން ފަދަ މީހުން ޖަލަށްލައި އަނިޔާކުރަމުންނެވެ. ސުންނަތަށް ތަބަޢަވުމުގެ ގޮތުން ތުބުޅި ބެލެހެއްޓީމާ ހިފައި ހައްޔަރުކޮށް ޗިލީސޯސްޖަހާފައި ތުނބުޅިބޭލުވި މީހުން އެބަތިއްބެވެ.

ވެރިކަމުގެ 30 އަހަރުގެ ތެރެއިން 28 ވަރަކަށް އަހަރު ދިވެހި ރައްޔިތުންނަށް އުޅެންޖެހުނީ މިފަދަ ނިކަމެތި ޙާލެއްގައެވެ.

ދެން އޮތީ އިސްލާމް ދީނުގެ އެންމެ ބޮޑު ފަރުޟެވެ. ނަމާދުކުރުމެވެ. ލޯފަން މުސްކުޅިޔާއަށްވެސް ޙަދީޘްފުޅުކުރެއްވެވީ ބަންގީގެ އަޑުއިވޭނަމަ މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވުމަށެވެ. މުޅި ށޢުމު އެހޭދަކުރައްވަވަނީ ޓީވީން ލައިވް ނުކުރާ ނަމާދެއްގެ ޖަމާޢަތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

އެހެންކަމުން އަދިވެސް ސުވާލު ތަކުރާރުކޮށްލާނަމެވެ.

ދީނުގަ ކުރަން ނުޖެހޭ ކަންކަން ނުކުރުމުންނާ ކުރަން ޤުރްއާނުގަ އަންގަވާފައިވާ ކަންކަން ކުރަން ނަޞޭޙަތްތެރިވުމުން ޖަލަށްލާ އަނިޔާކުރާ މީހުންގެ ދީނީ ފަތުވާ ޤަބޫލުކުރަން ހެޔޮވާނެތޯ؟

މިއަދު އޮންލައިން