ސައިނަސްއަށާ އަރިދަފުސް ރޯގާއަށް ޝިފާއެއް!: ޢަޖުމަ ބަލައިލަން ނަމަވެސް ވުޟޫކުރާއިރު ސުންނަތުގަ އޮތްގޮތަށް ނޭފަތަށް ފެންލަން ފަށައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސައިނަސްއަށާ އަރިދަފުސް ރޯގާއަށް ޝިފާއެއް!: ޢަޖުމަ ބަލައިލަން ނަމަވެސް ވުޟޫކުރާއިރު ސުންނަތުގަ އޮތްގޮތަށް ނޭފަތަށް ފެންލަން ފަށައިބަލާށެވެ!

އަރިދަފިސް ރޯގާއާއި ސައިނަސްގެ މައްސަލަތަކަކީ ވަރަށް ގިނަ ބައަކަށް ކުރިމަތިވަމުން އަންނަ މައްސަލަތަކެކެވެ. އަޖުމަ ބަލައިލަން ނަމަވެސް ވުޟޫކުރާއިރު ސުންނަތުގައި އޮތްގޮތަށް ނޭފަތަށް ފެންލަން ނިކަން ފަށައިބަލާށެވެ! އަރިދަފުސް ރޯގާއަށާއި ސައިނަސް ބަލީގެ މީހުންނަށް ޝިފާ ލިބޭކަން އެނގިގެންދާނެއެވެ.

ސުންނަތުގައި އޮތީ ނޭފަތުން ފެން އެތެރެއަށް ދަމައި ބޭރުކުރުމެވެ. ނޭފަތުކުރީގައި ފެންއުނގުޅައިލުމެއް ނޫނެވެ.

މިއީ ވަރަށް ގިނަ ބައަކު ތަޖުރިބާކޮށް ޔަޤީންކަން ލިބިފައިވާ ކަމެކެވެ.

ސުންނަތުގައި އޮތްގޮތަށް ނޭފަތަށް ފެންލާ މީހަކަށްވެސް އަރިދަފުސް ރޯގާ ޖެހިދާނެއެވެ. ނަމަވެސް ޝިފާ ލިބުން އަވަސްވާނެއެވެ. އަދި ނޭފަތް ބެދިގެން އުޅެންޖެހުންވެސް ކުޑަވާނެއެވެ. ނޭފަތުން އަރިދަފުސް ފޭބުންވެސް މަދުވާނެއެވެ.

މިކަމުގެ ސަބަބެއް ކަމަށް ޑޮކްޓަރުންވެސް ޤަބޫލުކުރަނީ ސުންނަތާއި އެއްގޮތަށް ފެންލުމުން ނޭފަތު ހޮޅި ސާފުވުމެވެ. އަދި ސައިނަސްބަލީގެ މީހުންނަށްވެސް އެކަމުން ޝިފާ ލިބެނީ ހޮޅީގައި ހަރުލާފައި ހުންނަ ހިރަފުސްތަކާއި އެހެނިހެން ތަކެތި ފިލައި ސާފުވުމެވެ. ނޭފަތް ބެދުމުން ސަލާމަތްވުމެވެ.

މީހަކު އަލަށް އެގޮތަށް ފެންލާން ފަށާއިރު ކުޑަ އުނދަގުލެއްވެސް ހުރެދާނެއެވެ. ދިލަވެސް ނަގައިފާނެއެވެ. ނަމަވެސް ފެންލާން ފެށުމުން އެކަންކަންވެސް ކެނޑިގެންދާނެއެވެ.

މިއީ މިޒަމާނުގެ ޑޮކްޓަރުންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. މިފަދަ ކަންކަމުން އެނގިގެންދަނީ ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމެވެ. ދުވާލަކު 5 ނަމާދުކުރާ މީހާގެ ނޭފަތް މަދުވެގެން ދުވާލަކު 5 ފަހަރު ސާފުވަމުންދާނެއެވެ. އެކަމުގެ ރަނގަޅު ނަތީޖާ ފެންނާނެއެވެ.

މިހައި ސާބިތުކަމާއިއެކު ބުނަން ކެރެނީ މިކަން ތަޖުރިބާ ކުރާ މީހަކަށްވާތީއެވެ. ސުންނަތާއި އެއްގޮތަށް ފެންލަމުން ގެންދާތާ މިހާރު އަހަރުތަކެއް ވެދާނެއެވެ. ދުވަހަކުވެސް އަދި މިހައި ތަނަށް އަރިދަފުސް ރޯގާއެއް ޖެހިގެން ޑޮކްޓަރަށް ދައްކަން ޖެހިފައެއް ނުވެއެވެ. ރޯގާ ޖެހެއެވެ. ނަމަވެސް ޝިފާ ލިބެއެވެ. އިން ޝާ ﷲ.

މީގެ އިތުރުން މިކަމުގައި ވަރަށް ގިނަ މީހުންނާއި ވަނީ މަޝްވަރާ ވެސް ކުރެވިފައެވެ. ސުންނަތާއި އެއްގޮތަށް ނޭފަތަށް ފެންލާ އެންމެންވެސް މިކަމަށް އެއްބަސްވެއެވެ. އެއްބަސް ނުވާ ހަމަ އެންމެ މީހަކާއިވެސް އަދި މިހައިތަނަށް ބައްދަލުވެފައެއް ނެތެވެ.

ތަފާތު އަރިދަފުސް ރޯގާތައް ގިނަވަމުންދާ މިފަދަ ދުވަސްވަރަކު މިފަދަ ކަންކަމަށް ސަމާލުކަން ދެއްވާނަމަ އެކަމުގެ ފައިދާ ފެނިގެންދާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން