ރައީސް މައުމޫނާ ކުރީ ދީނީ އެންމެ ސުވާލެކެވެ. އެސުވާލަށް ދެއްވީ ޝިރުކުގެ ޖަވާބެކެވެ.
އެއިރު އަޅުގަނޑަކީ އީޕީއެސްއެސްގެ ގްރޭޑަ 5 ގައި ކިޔަވާ ދަރިވަރަކީމެވެ. ރަމަމާން މަހަކު ހަވީރު ދީނީ ދަރުސް ދެއްވަން ސްކޫލަށް ވަޑައިގެންނެވި ދުވަހެކެވެ. އެއިރުވެސް އަޅުގަނޑަކީ ތަންކޮޅެއް ކެރިގެން ސުވާލުކުރާ ދަރިވަރަކަށްވުމުން ޤުރްއާން މުދައްރިސް ބާރަށު ޖަޢުފަރު ވިދާޅުވީ ތަޤްރީރަށްފަހު ސުވާލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި ޓީޗަރުންނަށް ސުވާލުނުކުރެވޭ ކަމަށާއި "ޢީސާގެފާނު އަލުން ބިމަށް ފޮނުއްވެވޭނެތޯ؟" ސުވާލުކުރުމަށެވެ.
އެސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ ފައިބާވަޑައިގަންނަވާނެކަން ޤުރްއާނާ ޙަދީޘުން އެނގެން ނެތް ކަމަށެވެ. އެކަން އެގޮތަށް ޤަބޫލުކޮށްގެން ހުންނަތާ 20 އަހަރުފަހުން ކިޔާލަން ލިބުނު ޑރ. މުޙްޞިންޚާންގެ ކީރިތި ޤުރްއާނުގެ އިނގިރޭސިތަރުޖަމާގައި ލިޔުއްވާފައި އޮތީ އަލުން ޢީސާގެފާނު ދުނިޔެއަށް ފޮނުއްވެވޭނެކަން/ އުޑުން ބިމަށް ފައިބާވަޑައިނުގަންނަވާނެ ކަމަށް ޤަބޫލުކުރުމަކީ "ކުޑަޝިރުކުގެ" ޢަމަލެއް ކަމަށެވެ.
އެއިރު ރާއްޖޭގައި މާގިނަ ދީނީ ޢިލްމުވެރިން ނެތުމުން ތިއްބެވި ބައެއް ޢިލްމުވެރިންނާއި އެސުވާލުކުރުމުން ވިދާޅުވީ ޑރ. މުޙްޞިން ޚާން ލިޔުއްވާފައި އެއޮތީ ހަމަ ރަނގަޅަށް ކަމަށެވެ.
އެހެންކަމަށްވާއިރު ޔޯގާ ފަދަ ޝިރުކުގެ ޢަމަލެއް ރައީސް މައުމޫން ހުއްދަކުރެއްވުމަކުން އަޅުގަނޑު ޙައިރާނެއް ނުވަމެވެ.