ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމެއްގެ ގޮތުގައި ކުރެވޭ ކަމަކަށްވީއިރު ކަސްރަތެއް ކުރުމުގެގޮތުންވިޔަސް އަދި ޝިރްކަށްނުވާ ގޮތަށް ކުރާށޭ ކިޔާފައިނަމަވެސް އެކަމުގައި ބައިވެރިވުމަކީ، އެކަމަށް ވާގިވެރިވެ ހިތްވަރުދިނުމަކީވެސް ޝުބްހާގެތެރެޔަށް ވެއްޓިގަތުމެވެ.
ޝުބްހާގެ ތެރެއަށް ވެއްޓެގަނެފިމީހާ ޙަރާމްގެ ތެރެއަށް ވެއްޓުނީއެވެ. ނުވަތަ ވެއްޓުމާއި ކައިރިވީއެވެ. އެހެންކަމުން “ރައްކާވެތިބީއްޔާ ދަތުރޭ” ބުނާ އުޞޫލުން މިނުރައްކާތެރި ޢަމަލުން ސަލާމަތްވެ ރައްކާތެރިވުން އެއީ މުސްލިމުންނަށް އެންމެ ހެޔޮކަން ބޮޑު ގޮތެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ޝުބްހަތަކުން ދުރުހެލިވެ ރައްކާތެރިވެއްޖެ މީހާ އެމީހެއްގެ ދީނަށާއި އަބުރަށް ރައްކާތެރިވެއްޖެއެވެ. ޝުބްހަ އަކަށް އަރައިގަނެފިނަަމަ ޙަރާމްގެ ތެރެއަށް ވެއްޓިއްޖެއެވެ. ނުވަތަ ވެއްޓުމާއި ގާތްވެއްޖެއެވެ."
ކޮންމެ ބަޔަކުވެސް އެބަޔެއްގެ ދީނީ އަދި ޘަޤާފީ ކަންކަން ދިރުވާ އާލާކުރަން މަސައްކަތްކުރާނެ. ނަމަވެސް,ބަލައިގަނެވޭނެ ކަންތަކާއި އެނޫންކަންތައް ހުންނަންވާނެ.ސިކުނޑި ދެއްވާފައިވަނީ ބޭނުމެއްގައި.އޭގެ ބޭނުން ހެޔޮގޮތުގައި ހިފާ ޝިރްކަށް މަގުފަހިކޮށްދޭ އެންމެހާ ކަންތަކުން ދުރުހެލިވާންޖެހޭ
ނަމަވެސް ކަސްރަތުގެ ނަމުގައި الله އަށް ޝިރްކުކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ޙަޤީޤަތް ގަބޫލުކުރައްވާށެވެ!