ތިބާއަށް މީހަކު ނުބައިކޮށް ކަންކަން ކުރިޔަސް އެމީހަކަށް ރައްދުދިނީމާ އެވެއްޓެވެނީ އެމީހާކާ އެއްދަރަޖައަށް! ރައްދުނުދީ ތިމާގެ ދަރަޖަ މަތިކޮށްލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާއަށް މީހަކު ނުބައިކޮށް ކަންކަން ކުރިޔަސް އެމީހަކަށް ރައްދުދިނީމާ އެވެއްޓެވެނީ އެމީހާކާ އެއްދަރަޖައަށް! ރައްދުނުދީ ތިމާގެ ދަރަޖަ މަތިކޮށްލާ!: މުފްތީ މެންކް

މީހަކު ތިބާގެ ހިތުގަ ޖެހޭ ފަދަ ބަސްތައް ބުނުމަކީ އަދި ތިބާގެ ނަސަބާއި ދަރަޖައަށް އަރައިގަތުމަކީ ހަމައެ މޭރުމުން އެމީހާއަށް ރައްދުދިނުން ހުއްދަވާ ސަބަބެއް ނޫނެވެ. ވީމާ އޭނާ މުޚާތަބްކުރިފަދައިން މުޚާޠަބްކުރުމާއި އޭނާ ކަންކުރި ގޮތަށް ކަންކުރުން ފަދަ ގޮތްތަކަށް ޢަމަލު ނުކުރާށެވެ!

އެހެން މީހެއްގެ ކިބައިގައި ހުރި ނުބައި ސިފަތަކުގެ ސަބަބުން ތިބާގެ ޝަޚްޞިއްޔަތަށް ނޭދެވޭ އަސަރުކުރިއަ ނުދޭށެވެ. އޭނާ އެކުރި ނުބައި ކަންކަން ވަނީ އޭނާއަށެވެ! ތިބާއަކަށް ނޫނެވެ! ވީމާ ތިބާ އޭނާ ފަދައިން ކަންކަން ނުކުރާށެވެ! ކޮށްފިނަމަ ތިބާވެސް ވެއްޓިގެން އެދަނީ އޭނާގެ ދަރަޖައަށެވެ.

އެއިގެ ބައްދަލުގައި ރައްދުނުދިނުމުން ތިބާގެ ދަރަޖަ އުފިލިގެންދާނެއެވެ! ލިބުނު ފުރުޞަތުގަ ތިމާގެ އުފުއްލައިލާށެވެ!

--މުފްތީ މެންކް

މިހާރަކަށް އައިސް އެންމެ ގިނައިން މިފަދަ ކަންކަން ހިނގަނީ ސޯޝަލް މީޑިއާގައެވެ. މީހަކު ނުބައި ބަސްތައް ބުނެ ދޮގު ތުހުމަތުކޮށް، ބަދުނާމުކުރަން މަސައްކަތް ކުރި ނަމަވެސް އެމީހާ އާއި އެއްފެންވަރަށް ކަންކަން ނުކުރާށެވެ! ޢަބުރު ރައްކަތެރިކުރުމުގެ ގޮތުން ބުނަން އޮތް ހައްޤު ބަސް ބުނުން ފިޔަވައި އިތުރު ކަންކަން ނުކުރާށެވެ! އެމީހެއްގެ އުނދަގޫ ބޮޑުވާނަމަ އަވަހަށް ބްލޮކްކޮށްލާށެވެ! އެއިރުން އޭނާ ކިޔާ އެއްޗެއް ތިބާއަކަށް ނޭނގޭނެއެވެ.

ޢިބްރަތް ޙާޞިލުކުރަންވީ ޞަޙާބީންގެ ސިޔަރަތުންނެވެ! އެބޭކަލުންނަށް ނުބައި ބަސްތައް ބުނާ މީހުންނަށް ދެއްވެވީ އިނާމެވެ! އެއީ އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ލިބިވަޑައިގެންނަވާނެ މަންފާއަށްޓަކައެވެ!

 

މިއަދު އޮންލައިން