ކުޅޭ ބުދު ހުރިތަނެއްގަ ނަމާދުކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކުޅޭ ބުދު ހުރިތަނެއްގަ ނަމާދުކުރެވިދާނެތޯ؟

ކުޅޭ ބުދު ހުރިތަނެއްގަ ނަމާދުކުރެވިދާނެތޯ؟ ގިނަބައަކު ސުވާލުކުރެއެވެ. ނަމާދަށް ހުއްޓައިވެސް ކުދިން ކުޅޭބުދު ފަދަތަކެތި ހިފައިގެން މުސައްލަ ކައިރިއަށް އަންނާތީވެސް ގިނަބައަކު ކަންބޮޑުވެއެވެ.

"އަޅުގަނޑުގެ ނިދާ ކޮޓަރީގައި ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުފަދަތެކެތި ހުރެއެވެ. އެހެންކަމުން އެތަނުގައި ކުރާ ނަމާދު ޞައްހަވާނެތޯއެވެ؟ އަޅުގަނޑަށް ހަމަ ބިރުގަނެވެނީއެވެ."

މިސުވާލުތަކަށް ޑރ. އިޔާޟް ދެއްވި ޖަވާބަކީ:

"ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދު ފަދަ ތަކެތި ހުރި ތަނެއްގައި ނަމާދުކުރެވޭނެއެވެ. އެންމެ ރަނގަޅީ ނަމާދުކުރާ ވަގުތު ނަމާދަށް ހުންނަ މީހާއަށް އެތަކެތި ނުފެންނަގޮތަށް ފޮރުވައިލުމެވެ."

ދިރިއުޅުމުގެ ޙާލަތު މިހާރު ހުރި ގޮތުން ވަރަށް ގިނަ ގޭގޭގައި މިފަދަ ކަންކަން ކުރިމަތިވެއެވެ. ވީމާ ނަމާދުކުރަންވުމުން އެ ސަރަހައްދުގައި ކުޅޭ ބުދުފަދަ ތަކެތި ހުރިނަމަ އެއްކަރިކޮށް ނުފެންނަ ގޮތްހަދައިލާށެވެ! އަދި އެކަން އެގޮތަށް ނުކުރެވި އޮއްވައި ބުދެއް ފެނުނު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

އެންމެ މުހިންމު ކަމަކީ ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުމެވެ. ދެން ހުރިމައްސަލަތަކަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނެތެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން