ދެމަފިރިން އެކަކު އަނެކަކަށް ބޮސްދިނުމަކުން ނުފުދޭނެ! އެއިގެ ކުރިއަށް މައިންނާ ދަރިންނަށް ބޮސްދިނުން ނެރެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދެމަފިރިން އެކަކު އަނެކަކަށް ބޮސްދިނުމަކުން ނުފުދޭނެ! އެއިގެ ކުރިއަށް މައިންނާ ދަރިންނަށް ބޮސްދިނުން ނެރެން ޖެހޭނެ!

ތިމާގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންވެގެން ތިބޭ ބައަކީ ދަރިންނާއި މައިންނެވެ. ޚާއްޞަކޮށް ކުޑަކުދިންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަރިންގެ ލޯބި ބައްޕައިން ވެސް ބޭނުންވާނެއެވެ. ނަމަވެސް ބައްޕައިންގެ އިޙްޞާޞްތައް ތަފާތުވާނެއެވެ. ލޯބި ދިނުމުގައި އަބަދުވެސް އަމަލުކުރަން ޖެހޭނީ އެމީހެއްގެ އިޙްޞާޞްތަކާއި އެއްގޮތަށެވެ. 

އަނބިންނަށްވެސް އަދި ފިރިންނަށްވެސް ލޯބި ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. ދެމަފިރިންގެ ގުޅުން ބަދަހިވެ ކުރިއަރާނީ އެކަކު އަނެކަކަށް ލޯބިދިން ވަރަކުންނެވެ. ނަމަވެސް އެއިގެ ކުރިއަށް ދަރިންނަށާއި މައިންނަށް ދޭ ލޯބި ނެރެން ޖެހޭނެއެވެ. 

ދެމަފިރިން އެކަކު އަނެކަކަށް ލޯބިދެއެވެ. ލޯބިން ބޮސްދީ ހަދައެވެ. ނަމަވެސް ދަރިންނަށާއި މައިންނަށް ބޮސްދީ ލޯބިދޭން އެމީހުން ޖެހިލުންވެއެވެ. ނުވަތަ ކޮންމެވެސް ސަބަބަކާއި ހުރެ އެކަންކުރަން ފަސްޖެހެއެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބޮސްދިނުމަކީ ހަމައެކަނި ކޮލަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނިތްކުރިއަށްވެސް އަތްތިލައަށް ވެސް ބޮސްދޭށެވެ! 

ރަސޫލް () ވަނީ މިކަމުގައި މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަން ބަލައިގަތުމެވެ. 

ބޮސްދޭން ބުނުމުން އެއީ ފެންނަހައި މީހަކަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. ބޮސް ދޭންވީ ހުއްދަވެގެންވާ މީހުންނަށެވެ. ދުރުހިލޭ މީހުންނަށް ބޮސްދޭން އުޅެގެން މިފަދަ ޒަމާނެއްގައި އޮންނާނީ ތަފާތު މައްސަލަތައް ކުރިމަތިވެފައެވެ. 

ބޮސްދޭން ޖެހޭ މީހުންނަށް ބޮސްދިނުމަކީ ޢާއިލާގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެކެވެ. ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. އެކަމުގައި ޞިއްޙީ ފައިދާތަކެއް ހުރި ކަމަށްވެސް މިޒަމާނެ ޑޮކްޓަރުން ބުނެއެވެ. ވީމާ ބޮސް ދޭން ޖެހޭ މީހުންނަށް ބޮސްދޭން ދަހިވެތިނުވާށެވެ! ތިމާއަށް ބޭނުންވާ ލޯބީގެ ދަހިވެތިކަމުގައި އަނބިންނަށް/ފިރިންނަށް ބޮސްދެމުންދާއިރު ތިމާގެ ލޯތްބަށް އެދިއެދި ތިބި މައިންނަށާއި ތުއްތު ދަރިންނަށް ބޮސް ނުދޭނަމަ އެމީހަކީ ދަހިވެތިކަން ހައްދު ފަހަނައަޅާފައި ހުރި މީހެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން