ވީހައި އަވަހަކަށް ޤިޔާމަތްވާން އެދޭ މީހަކަށްވާން މަސައްކަތްކުރާށެވެ! އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވީހައި އަވަހަކަށް ޤިޔާމަތްވާން އެދޭ މީހަކަށްވާން މަސައްކަތްކުރާށެވެ! އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ!

މީސްތަކުން އަބަދުވެސް ބޭނުންވާނީ އެމީހަކު ބޭނުންވާ ކަންތައް ޙާޞިލުވުމެވެ! ވީމާ ލޯބިވާނީވެސް އެމީހާ ޙާޞިލުކުރަން ބޭނުންވާ ކަންތައް ދެކެއެވެ! އެކަމެއް ޙާޞިލުކުރެވުމުން އެކަންކޮށްދިން މީހާގެ އެއްވެސް ބޭނުމެއް ނުއޮވެއެވެ. 

ﷲ ތަޢާލާ މުޅިން ތަފާތެވެ! މީހަކު ﷲ ތަޢާލާ އަށް ލޯބިކުރާނަމަ އެމީހަކަށްވުރެ މާބޮޑަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ! އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއްވެސް ނުވެއެވެ! އެމީހަކު ކުރާ ކޮންމެ ހެޔޮކަމެއްގެ ފައިދާ އޮތީ ހަމަ އެމީހަކަށެވެ! 

ﷲ ތަޢާލާއަށް ލޯބިވުންމަތީގައި ސާބިތުވެއްޖެ މީހަކަށް ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ! އަދި ކީއްހެއްޔެވެ؟ މަރުވެ ވަޅުލެވުމާއިއެކު އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ކޮންމެ ދުވަހަކު އެމީހަކަށް ދައްކަވާނެތެވެ!

ދުނިޔޭގައި ހުންނައިރު އެއްވެސް މީހަކު މަރުވުމަކަށް އަދި ޤިޔާމަތްވުމަކަށްވެސް ނުއެދޭނެއެވެ. ނަމަވެސް ކައްވަޅުގައި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ދަރަޖަ ދައްކަވާ ހިނދުން ފެށިގެން އޭނާ އެންމެ އެދޭނީ އަވަހަށް ޤިޔާމަތްވެ ހިސާބު ބެއްލެވި ނިމި އޭނާއަސް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ލިބުމަށެވެ. 

ވީމާ ނިކަން ބުނެބަލާށެވެ! މަސައްކަތްކުރަންވީ މީހެއްގެ ލޯބި ހޯދަން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ހެއްޔެވެ؟ މީހެއްގެ ލޯބި ހޯދަން ކުރާ މަސައްކަތުގައި ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އަދި ކިތަންމެ ބޮޑު ޤުރްބާނީއެއްވީ ނަމަވެސް އެއްވެސް މީހެއްގެ ލޯތްބަކީ ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް އެއްޗެއް ނޫނެވެ! އެހެނަސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެން މަސައްކަތްކުރާނަމަ އެއީ ޔަޤީންކަން އޮތް ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން