ޔޯގާ ނުހެދިޔަސް ކުރެވިދާނެ ކަސްރަތުތައް ވަރަށް ގިނައެވެ. ވީމާ، ކަސްރަތު ކުރުމުގެ ނަމުގައި މުސްލިމުން ޝިރްކުގެ ތެރެއަށް ވައްޓާލާ ނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައި ތާއަބަދަށް އަނދައަނދާތިބޭ ބައަކުކަމުގައި ހަދަން ނޫޅުއްވާށެވެ، މުސްލިމުން ކަމުގައިވާ ޙާލު މިދުނިޔެ ދޫކުރަން ފުރުޞަތު ދެއްވާށެވެ!
ކޮންމެ އަހަރެއްގެ ޖޫންމަހުގެ 21 ވަނަ ދުވަސް "ޔޯގާ ޑޭ" ގެ ގޮތުގައި ހަމަޖައްސާފައިވަނީ ކީއްވެކަމާއި އިރު އަރާ އަދި އޮއްސޭ ވަޤުތު އެކަމަށް ޚާއްޞަ ކުރެވެނީ ކީއްވެގެންކަން ބައްލަވާލެއްވީމާ މައްސަލަ ވަރަށް ރަނގަޅަށް ސާފުވާނެއެވެ.
މީގެ އިތުރުން ޔޯގާގެ މާނަ އާއި އުފެދުމާއި އަދު ޚުދު ހިންދޫ ދީނުގެ ފާދިރީން ޔޯގާ އާއި ބެހޭގޮތުން ބުނެފައިވާ ބަސްތަކުން އެއީ މުސްލިމުން ކައިރިވާން ހެޔޮވާވަރުގެ ކަމެއްނޫންކަން ސާފުވާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް އިޔާޟް ޢަބްދުއްލަޠީފް