މާތް ﷲ ފިޔަވައި އިތުރު ކަލަކު ވޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މާތް ﷲ ފިޔަވައި އިތުރު ކަލަކު ވޭހެއްޔެވެ؟

ސުވާލު: މާތް ﷲ ފިޔަވައި އިތުރު ކަލަކު ވޭހެއްޔެވެ؟ 

ޖަވާބު: އަޅުކަންކުރެވޭ ކޮންމެ ފަރާތަކަށް ބަހުގެ ގޮތުން ކިޔާނީ "އިލާހު ނުވަތަ ކަލާންގެ" އެވެ.  މުސްލިމުންގެ ޢަޤީދާ އަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުވާކަމަށެވެ. އަދި ﷲ ފިޔަވާ އަޅުކަންވެވޭ އެންމެހައި ފަރާތްތަކަކީ ބާޠިލްކަމަށެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މާނައަކީ ބޮނޑަށް އަޅުކަންކުރާމީހުން އުޅޭތީ އެބޮނޑަށްވެސް ބަހުގެ ގޮތުން ކިޔާނީ ކަލާނގެއެއް ކަމަށެވެ.

"މުސްލިމުންގެ ޢަޤީދާ އަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުވާކަމަށް" ޔަޤީންކުރުމެވެ. ޝަހާދަތުގައި މުސްލިމުން ހެކިވަނީ އެކަމަށެވެ. 

ވީމާ ކިތަންމެ ގިނަ ކަލާނގެތައް އުފައްދައި އެއަށް އަޅުކަންކުރިނަމަވެސް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުއެވެ.

މިއަދު އޮންލައިން