ޖިނާޢީ ޢަދުލު ތަންފީޒުކުރަންޖެހޭ ހުރިހާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭ!: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޖިނާޢީ ޢަދުލު ތަންފީޒުކުރަންޖެހޭ ހުރިހާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭ!: ޝައިޚް އިމްރާން

"މުޑުދާރު ޢަމަލު ހިންގާމީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭނެކަން އަބަދުވެސް އަޅުގަނޑު ކަށަރުކުރަން. 

ނަމަވެސް ޖިނާޢީ ޢަދުލުގެ ނިޒާމަކީ އެކަނި ފުލުހުންގެ އަތްމަތީގަ އޮތްކަމެއް ނޫން.

ނިޒާމުގައި ހިމެނޭ އެންމެން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭ!"

- ޝައިޚް އިމްރާން

ވާހަކަފުޅު 100% އެވެ. ވަކި ބާވަތެއްގެ މައްސަލަތަކުގައި އަބަދުވެސް ތަޙްޤީޤް ފުރިހަމަނުވާކަމަށްބުނެ ކުށްވެރިން މިނިވަންވަމުން ދިއުމާ ފަންސުރުގެ ދެލިމަޑުކަމުން (އުންސުރުހަމަނުވާތީ) ޕީޖީ ދަޢުވާ ކުރަން ދެކޮޅުހަދާ މައްސަލަތައް ފުލުހުން ޙައްލުކޮށްދިނީމަ ފުލުހުންގެ ކިބައިން ނިމުނީއެވެ. އެބާވަތުގެ ކަމެއް ދިމާވުމުން ފުލުހުންގެ މީޑިއާއާ ކުރާ ސުވާލުތަކަށް ނުލިބޭ މައްސަލަތައްވެސް ޙައްލުކޮށްލަ ދެއްވާށެވެ! އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި މިފަދަ މައްސަލަތަކުގައި ބައްދަލުވުން ބާއްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާށެވެ!  އެއިރުން ފުލުހުންނަށް ސެލިޔުޓްކޮށްފައި ރައްޔިތުން ދުވާނީ ފޭލްވި ފަރާތުގެ ފަހަތުންނެވެ. 

މަނިކުފާނާއި ފުލުހުންގެ ފަހަތުން ދުވަން މިޖެހެނީ މިދެންނެވި ކަންކަމުގައި ފުލުހުން ފޭލްވާތީ އެއީ ޤަޞްދުގައި ފުލުހުން ކުރާ ކަންކަމަށް ޤަބޫލުކުރަންޖެހޭތީއެވެ.

މިއަދު އޮންލައިން