"މިއަޅާއަށް ދެއްވެވި ހުރިހާ ނިޢްމަތްތަކެއް މިއަޅާގެ ކިބައިން އަނބުރާ ގެންދެވި ނަމަވެސް އިނބަ ﷲ އަށް އަޅުކަން ކުރަން މިއަޅާއަށް ދެއްވަވާފައިވާ ނިޢްމަތް މިއަޅާއާއި ވަކިނުކުރައްވަވާނދޭވެ! އިނބަ ﷲ ހަނދުމަކުރުމާ އިނބަ ﷲ އާއިމެދު ވިސްނައި ފިކުރުކުރުމާ ރުކޫޢް ސުޖޫދު ކުރުމާ ޛިކުރްކުރުމުގެ ކުޅަދާނަކަން މިއަޅާ އާއި ވަކި ނުކުރައްވަވާނދޭވެ!" އާމީން
ތަފާތު ސަބަބުތައް މެދުވެރިވެ އަޅުކަމާއި ދުރުހެލިވެއެވެ. އެއީ މީސްތަކުންގެ ކިބައިވާ އެންމެ ބޮޑު ބަލިކަށިކަމެވެ. އެފަދަ ޙާލަތަށް މީހާދާ ވަޤުތު ފުރުޞަތުގެ ބޭނުން ހިފައި އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެއެވެ. ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެހުރުމަށްވެސް މިފަދަ ދުޢާތައް ކުރައްވަމުން ގެންދަވާށެވެ!