ޤުރުއާނާއެކުގައި އުޅޭ ޢާއިލާއެއް ދުވަހަކުވެސް އަބާއްޖަވެރިކަމުގެ ތެރެއަކަށް ނުދާނެ!އުފާވެރިކަން ބޭނުންނަމަ ޤުރްއާނާ ކައިރިވޭ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޤުރުއާނާއެކުގައި އުޅޭ ޢާއިލާއެއް ދުވަހަކުވެސް އަބާއްޖަވެރިކަމުގެ ތެރެއަކަށް ނުދާނެ!އުފާވެރިކަން ބޭނުންނަމަ ޤުރްއާނާ ކައިރިވޭ!: ޝައިޚް ޝާފިޢު

ޢާއިލާގެ އުފާވެރިކަމަށްޓަކައި މުޅި ޢާއިލާ އެންމެ ބޮޑަށް ކައިރިވާންވީ ކީރިތި ޤުރުއާނާއެވެ. 

އެގޮތުން ޢާއިލާގެ ތެރޭގައި ކީރިތި ޤުރުއާނުގެ ފޮނިކަން ލިބިގަތުމަށްޓަކައި ތިރީގައި މިވާ ކަންކަން ކުރެވިދާނެއެވެ.

1  ކީރިތި ޤުރުއާން ތިލާވަތުކޮށް އަޑު އެހުމުގެ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން

2 ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޢާއިލީ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން

3  ޢާއިލާގެ މެމްބަރުންގެ ތެރެއިން މަދުވެގެން އެކަކު ރީތިކޮށް ކިޔަވަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިކޮށް އެފަދަ މީހެއްގެ އެހީތެރިކަމާއެކު އެހެން މީހުންނަށް ތަޖުވީދަށް ރީތިކޮށް ކިޔަވަން ދަސްކޮށްދިނުން

4 ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުން

5  ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަހަރެމެންނަށް ވަޙީކުރައްވާފައިވާ ބަސްފުޅުތައް ދެއްވާފައިވާ މެސެޖުތައް ދެނެގަތުމަށްޓަކައި ޢަރަބި ބަސް ދަސްކުރުން.

މިއީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނުވާނެ ކަންކަމެވެ. ޤުރުއާން ބާވައިލައްވާފައިވަނީ އުފާވެރިކަމަށްޓަކައެވެ.

مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ – {طه 2 } "އަހަރެން މިޤުރުއާން ތިބާގެ މައްޗަށް ބާވައިލެއްވީ، ތިބާގެ ހިތްދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ."

ވަރަށް ބޮޑު ތެދެކެވެ. އެ ޤުރުއާން ބާވައިލެއްވީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ބާއްޖަވެރިކަމަށްޓަކައެވެ.

ޤުރުއާނާއެކުގައި އުޅޭ ޢާއިލާއެއް ދުވަހަކުވެސް އަބާއްޖަވެރިކަމުގެ ތެރެއަކަށް ނުދާނެއެވެ. ޤުރުއާނަކީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭ ފޮތެކެވެ.

--الشيخ محمد شاف

މިއަދު އޮންލައިން