ޤިޔާމަތް ދުވަހު ކުރިމަތިވާނެ އިމްތިޙާނުން ދަރިން ފާސްކުރަން ބޭނުންނަމަ ދަސްކުރާ ފިލާވަޅަށް އަމަލުކުރަން ތަރުބިއްޔަތު ކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޤިޔާމަތް ދުވަހު ކުރިމަތިވާނެ އިމްތިޙާނުން ދަރިން ފާސްކުރަން ބޭނުންނަމަ ދަސްކުރާ ފިލާވަޅަށް އަމަލުކުރަން ތަރުބިއްޔަތު ކުރަންޖެހޭނެ!

ދުނިޔޭގައި ކުރިމަތިލާން މިޖެހެނީ ވަރަށް ކުޑަކުޑަ އިމްތިޙާންތަކަކާއިއެވެ. ސްކޫލުންދޭ އިމްތިޙާނަކީ މާކުޑަކުޑަ އިމްތިޙާނެކެވެ. އެއިމްތިހާނުން ފާސްނުވިނަމަވެސް ދުނިޔޭގައިވެސް ތަނަވަސްކަމާއި އުފާވެރިކަން ހޯދޭތީއެވެ. އެންމެ ބޮޑު އިމްތިޙާނަކީ ޤިޔާމަތްދުވަހުގެ އިމްތިޙާނެވެ. ފޭސްނުވެ ފޭލިވެއްޖެނަމަ ނަރަކައަށް ވެއްޓުން ނޫން ދެވަނަ ގޮތެއް ނެތުމުންނެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަށް ވީހައި ގިނަ މާކްސް ލިބި 1 ވަނަ ދަރަޖަ ލިބުމަށެވެ! އެހެންވެ ދަރިން ލައްވައި ފިލާވަޅު ދަސްކުރުވަން ކޮންމެ ބެލެނިވެރިއަކުވެސް ބާރު އަޅައެވެ. ނަމަވެސް ދަސްކުރާ ފިލާވަޅަށް ޢަމަލުކުރޭތޯ ބަލަނީ ވަރަށް މަދު ބެލެނިވެރިންނެވެ. 

ސްކޫލް މަދުރަސާތަކުން ދޭ ފިލާވަޅުތައް ކިތަންމެ ރަނގަޅަށް ދަސްކޮށް ދީނުގެ ޢިލްމު ކިތަންމެ ރަނގަޅަށް ޙާޞިލުކުރި ނަމަވެސް ޙާޞިލުކުރި ކަންކަމަށް ދަރިން ޢަމަލު ނުކުރާނަމަ ﷲ ތަޢާލާގެ އިމްތިޙާނަކުން ފާހެއް ނުވާނެއެވެ! 

ﷲ ތަޢާލާ ކުރައްވަވާ އިމްތިޙާނުގައިވެސް ދެ ބައެއް އޮވެއެވެ! އެއީ ޢިލްމު ޙާޞިލުކުރި މިންވަރާއި އެއަށް ޢަމަލުކުރި މިންވަރެވެ! ހަމައެކަނި ޢިލްމް ޙާޞިލުކުރުމަކުން ފާހެއް ނުވެއެވެ! ފާސްވާން އޮތީ ޙާޞިލުކުރި ޢިލްމަށް އަމަލުވެސްކޮށްގެންނެވެ. ޢިލްމް އުނގެނި ޢަމަލު ނުކުރުމުން ޢަޛާބް ބޮޑުވަނީ އެސަބަބަށްޓަކައެވެ! 

މުހިންމީ ސްކޫލުން ދޭ އިމްތިހާނުގައި މަތީ ވަނަ ލިބުމެއް ނޫނެވެ! އެންމެ މުހިންމީ ޤިޔާމަތް ދުވަހުގެ އިމްތިޙާނުން މަތީ ވަނަ ލިބި ސުވަރުގެ ވަދެވުމެވެ! ވީމާ ފިލާވަޅު ދަސްކުރުވަން ބާރުއަޅާ މިންވަރަށްވުރެ އިތުރަށް ދަރިން ލައްވައި އިސްލާމް ދީނަށް ޢަމަލުކުރުވަން ބާރުއަޅާށެވެ! ފަރުޟު 5 ނަމާދާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރުވާށެވެ! ޙަރާމް ކަންކަމާއި ދުރުހެލިވުމަށާއި ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރަން ދަސްކޮށްދީ އެގޮތަށް ދަރިން ތަރުބިއްޔަތުކުރާށެވެ! އާޚިރަތް ދުވަހުގެ އިމްތިޙާނުން ދަރިން ފާސްވާނީ އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން